ގެޔަކަށްވަދެ ފޭރެން އުޅުނު ބަޔަކު މޯލްޑިވްސް ޕޮލިސް ސާރވިސް އިން އަތުލައިގެންފިއެވެ.
ފުލުހުން ވިދާޅުވީ، ހެންވޭރުގައި ބިދޭސީން ދިރިއުޅެމުންދާ ގެޔަކަށް ތިން މީހަކުވަދެ، ފޭރެން އުޅޭކަމުގެ މައުލޫމާތު ރޭ ދަންވަރު 00:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މިމައުލޫމާތު ފުލުހުންނަށް ލިބުމާއެކު ޕެޓްރޯލް ކުރަމުންދިޔަ ގަލޮޅު ފުލުހުން ވަނީ އެގެޔަށްގޮސް އެމީހުން ހުއްޓުވައި އެމީހުން ފުލުހުންގެ ބެލުމުގެދަށައް ގެނެސްފައި ކަމަށެވެ.
މި މައްސަލާގައި ހައްޔަރު ކޮއްފައިވަނީ 22 އަހަރުގެ ދެ ފިރިހެނުންނާއި، 18 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މީހުން ދުއްވަން ގެންގުޅުނު ދެ ސައިކަލު މިހާރުވަނީ ޓޯކޮއްފައި ކަމަށާއި، ފުލުހުން އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.




