މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ސެކްޝަންގެ އޮފީހުގެ ކުޑަ ދޮރު ހަލާކުކޮށްލައިގެން ވަގުން ވަދެފިއެވެ.
ފުލުހުން ވިދާޅުވީ، އެ އޮފީހުގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވަދެ، އެ އޮފީހުގެ ތިޖޫރީ ފަޅާލާފައިވާ ކަމުގެ މަޢުލޫމާތު ރޭ ފަތިހު 05:20 ހާއިރު ފުލުހުންނަށް ލިބިބުފައިވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެ އޮފީހުން އެއްވެސް ފައިސާއެއް އަދި އެއްވެސް އެއްޗެއް ވަގަށް ގެންދެވިފައި ނެތްކަން އެނގޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
"ތިޖޫރީ ހަލާކުކޮށްލުމަށް މަސައްކަތް ކޮށްފައިވީނަމަވެސް ތިޖޫރީ ހުޅުވިފައެއް ނުވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
 
								
 
											
 
								 
								 
								
 
														
 
														 
														 
														 
														 
														 
														