ވައްކަން ކުރަން ވަތް ޒުވާނާގެ އަތުން ފެނުނު ވަޅިއެއް - ފޮޓޯ: ޕޮލިސް

ގެއަކަށްވެދެ ވަޅިން ބިރުދައްކައި ވައްކަން ކުރަން އުޅުނު ދެ ޒުވާނުން ހައްޔަރުކޮށްފި

މާޅޭގެ ގެއަކަށް ވަޅި ހިފައިގެން ވަދެ ވައްކަން ކުރަން އުޅުނު ދެ ޒުވާނުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާފަންނުގައި ހުރި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ކުރަން އުޅެނިކޮށް ރޭ މެންދަމު 02:14 ހާއިރު ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި، 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

"މި ދެ މީހުން ބަލާ ފާސްކުރިއިރު، 27 އަހަރުގެ މީހާ ލައިގެން ހުރި ޖީންސްގެ ޖީބުން ވަޅިއެއް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤު ކުރަމުންދާއިރު، ރޭ ފަތިހު ވިލިމާލޭގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ ސެކްޝަނުގެ އޮފީހުގެ ތިޖޫރީ ފަޅާލަންވެސް ބަޔަކު ވަނީ މަސައްކަތް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ