ވިއްކާލަން އުޅުނު ގޭސްފުޅި - ފޮޓޯ: ޕޮލިސް

ވަގަށް ނަގާފައިވާ ގޭސްފުޅިއެއް ވިއްކަން އުޅެނިކޮށް ޒުވާނަކު ހައްޔަރުކޮށްފި

މާލޭ ފަޅުއޮޑިފަރަށް އަރާ ގޭސްފުޅިއެއް ވަގަށް ނަގައިގެން ނުއަގުގައި ވިއްކާލަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ މާރުކޭޓް ސަރަހައްދުގައި ފަޅުގައި އޮތް ދޯންޏަކަށް އަރައި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގޭސްފުޅިއެއް ނުއަގުގައި ވިއްކާލަން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހްޤީޤު ކުރަމުންދާއިރު، ރޭ ވަނީ ގިނަ ވައްކަންތަކެއް ހިނގާފައެވެ. އެގޮތުން ވިލިމާލޭގައި ހުންނަ މާޅޭ ސިޓީ ކައުންސިލްގެ ތިޖޫރީ ފަޅާލަން މަސައްކަތް ކޮށްފައިވާއިރު، ބިދޭސީން ދިރިއުޅޭ ދެތަނަކުން ވައްކަން ކުރަން އުޅުނު ތިން މީހުންވެސް ހައްޔަރުކޮށްފައިވެއެވެ.

މީގެ އިތުރުން ރީޓެއިލް ފިހާރައެއް ފަޅާލައި ވަކިލާރިތަކެއް ވަގަށް ގެންދަން އުޅުނު މީހަކުވެސް ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ