ފުލުހުން ތަޙްޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހިތަދޫ މީހަކު ހޯދުމަށް ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުންގެ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހްގީގީ ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ، ލޮބީ، މުޙައްމަދު ރަޝީދު (39އ) އެވެ.
މުޙައްމަދު ރަޝީދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އާއި ގުޅުއްވައި ޙިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.
މިފަދަ ކަންކަމުގައި އާންމުގެ ފަރާތުން ލިބެމުންއަންނަ އެއްބާރުލުމަށް ފުލުހުންވަނީ ޝުކުރު ދަންނަވާފައެވެ.



