އެމެރިކާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި އޭނާގެ ބައިވެރިޔާ ހެއިލީ ބީބާ ދެވަނަ ފަހަރަށް ކައިވެނިކޮށް، ކައިވެނި ހަފްލާ ބާއްވައިފިކަމަށް އެމެރިކާގެ ނޫސްތަކުން ބުނެފިއެވެ.
ޖަސްޓިން އަދި ހެއިލީ ފުރަތަމަ ކައިވެނިކޮށްފައިވަނީ މިިދިޔަ އަހަރުގެ ތެރޭގައި ވަރަށް ސިއްރުގޮތަކަށެވެ. ނަމަވެސް ފަހުން މި ދެމީހުން މިކަން ކަށަވަރުކޮށްދީފައިވާއިރު، މި ދެމީހުން ދެވަނަ ފަހަރަށް ކައިވެނިކުރިކަމުގެ ހަބަރުތަކެއް މިވަނީ ފެތުރިފައެވެ.
2018 ވަނަ އަހަރު ނިއު ޔޯކް ސިޓީގައި ގައި މި ދެ ބައިވެރިން ސިއްރުގޮތަކަށް ކައިވެނިކޮށްފައިވާއިރު، އަނެއްކާވެސް ރަސްމީކޮށް މި ދެބައިވެރިން ޕްރައިވޭޓް ހަފްލާއެއްގައި ކައިވެނިކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި ހަފްލާގެ ފޮޓޯތަކެއް ކަމަށް ބެލެވޭ، ހެއިލީ އަދި ޖަސްޓިންގެ ފޮޓޯތަކެއްވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވާއިރު، ފޮޓޯތަކުން ހެއިލީ ހުދުކުލައިގެ ގައުނެއްގައި ހުރިއިރު، ޖަސްޓިން ލައިފައި ހުރީ ކަޅުކުލައިގެ ޓަކްސީޑޯއެކެވެ.
ހަބަރުތައް ބުނާގޮތުން މި ވެޑިންގައި ބައިވެރިވެފައިވަނީ، ހެއިލީގެ ބައްޕަގެ އިތުރުން އޭނަގެ ބޮޑުބެއާއި، އަދި އިތުރުން އާއިލާގެ ވަރަށް މަދު މީހުންނެވެ.
އަމުރުން 25 އަހަރުގެ ޖަސްޓިން ބީބާ މީގެ ކުރިން ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޮމޭޒްއާ ވަރަށް ގިނަދުވަސްވަންދެން ޑޭޓްކޮށްފައެވެ.
View this post on Instagram#BiebersWedding: Alguns convidados da cerimônia de casamento. [#justinbieber #haileybieber]
A post shared by Updates Bieber (@updates_bieber) on
ނަމަވެސް އެ ގުޅުމަށް ނިމުން އައިސް، ޖަސްޓިންގެ ކުޑައިރުގެ ރަހްމަތްތެރިޔާ، ހެއިލީ އާއި ވަނީ ލޯބީގެ ގޮތުން ގުޅި އަދި މިހާރު ޒަވާޖީ ހަޔާތެއްވެސް ފަށާފައެވެ. ހެއިލީ އަކީ އެމެރިކާގެ މަޝްހޫރު މޮޑެލްއެކެވެ.




