"ދި ރޮކް" އެނބުރި ރެސްލިންގެތެރެއަށް!

މުޅި ދުނިޔެއަށް މަޝްހޫރު ކުރީގެ ރެސްލުންތެރިޔާ އަދި މިހާރު ހޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި ޑްވޭން ޖޯންސަން( ދި ރޮކް) އެމެރިކާގެ ލޮސް އެންޖެލަސްގައި އަންނަ ހުކުރު ދުވަހު ފޮކްސްއިން ޕްރީމިއާ ކުރާ "ޑަބްލިއުޑަބްލިއުއީ ސްމެކްޑައުން" އިން ފެންނާނެކަމަށް އޭނާ ބުނެފިއެވެ.

އަންނަ ހުކުރު ދުވަހު ފޮކްސްއިން ޕްރީމިއާ ކުރާ "ޑަބްލިއުޑަބްލިއުއީ ސްމެކްޑައުން"ގައި ރޮކް ފެންނާނެކަން އޭނަ ޓްވީޓްވެސް ކޮށްފައިވެއެވެ.

ރޮކް އެންމެ ފަހުން ރެސްލިންގެ ދުނިޔެއިން ފެނިފައިވަނީ، މީގެ ހަ އަހަރު ކުރިންނެވެ. އޭގެ ފަހުން ހޮލީވުޑްއާއި ގުޅިފައިވާއިރު، އޭނާ ރެސްލިން އިން ރިޓަޔާ ވިކަން އިއުލާންކޮށްފައިވަނީ ލައިވް އިންޓަވިއުއެއްގައެވެ.

ރޮކް އެންމެ ފުރަތަމަ ފެނިގެންގޮސްފައިވާ ހޮލީވުޑްގެ ފިލްމަކީ، ދަ ސްކޯޕިއަންއެވެ. އޭގެ ފަހުން، ޖުމާންޖީ، ފާސްޓް އެންޑް ފިއުރިއަސް، އަދި ބޭވޮޗްފަދަ މަޝްހޫރު ފިލްމްތައް ރޮކް ކުޅެފައިވާއިރު، އޭނައަކީ ހޮލީވުޑްގެ އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ.

ރެސްލިންގެ ދުނިޔެއިން 2013 ވަނަ އަހަރު ރޮކް އެންމެ ފަހުން ފެނިފައިވީނަމަވެސް، މީގެ ހަ އަހަރުކުރިން 2016 ވަނަ އަހަރުގެ ތެރޭގައި މަދު މަދުން ރޮކް ރެސްލިންގެ ތެރެއިން ފެނިގެންދިޔައެވެ.

ގިނަ ދުވަސްތަކަކަކަށްފަހު، ރޮކް ރެސްލިންގެ ތެރެއަށް އެނބުރި އަންނައިރު، ރޮކް ކުރި ޓްވީޓްގައި ބުނީ، އަންނަ ހުކުރު ދުވަހު ޕްރީމިއާ ކުރާ "ޑަބްލިއުޑަބްލިއުއީ ސްމެކްޑައުން" އެނބުރި އަންނާނެކަމަށެވެ.

ރޮކް ކުރިއަށް އޮތް ހޮލީވުޑްގެ ފިލްމަކީ, 2017 ވަނަ އަހަރު ރިލީޒްކުރި ޖުމާންޖީ" ވެލްކަމް ޓު ދަ ޖަންގަލްގެ ގެ ދެވަނަ ބައި، "ޖުމާންޖީ: ދަ ނެކްސްޓް ލެވަލް"އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އަލީ

    ރޮކްއަކީ އެންމެ އަގުބޮޑު އެކްޓަރު.. ރަނގަޅަށް މައުލޫމާތު ނުހޯދާ ލިޔަންވީމަ އަނގުބޮޑު އެކްޓަރުންތެރޭގައި ހިމެނެއޭ ލިޔަން ޖެހެނީ… ލިޔަންށޭ ކިޔާފަ ގޮނޑޭތިހަރަނީ…

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ