އެއް މަސް ތެރޭގައި "ވިކީ ކޯޝަލް" 13 ކިލޯ ހިއްކާލައިފި!

މިހާރު ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ އެކްޓަރު ވިކީ ކޯޝަލް ފެނިގެންދާނެ ފިލްމް "ތަހްތް"އަށް ތައްޔާރުވުމުގެ ގޮތުން، ވިކީ އެއް މަސް ތެރޭގައި 13 ކިލޯ ހިއްކާލައިފިކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެފިއެވެ

ވިކީ ކޯޝަލް ބަރުދަން ލުއިކޮށްފައިވަނީ، ކަރަން ޖޯހަރު އުފައްދާ ފިލްމް "ތަހްތް" ގައި އޭނާ ކުޅޭ ރޯލު، "އުދާމް ސިންހް" ގެ ޒުވާން ދުވަސްވަރުގެ މަންޒަރުތައް ނެގުމަށްކަމަށް މައުލޫމާތު ލިބެއެވެ. އަދި އެއަށްފަހު ހަމަ އެ ރޯލަށް ވިކީ ކޯޝަލް ބަރުދަން އިތުރު ކުރާނެކަމަށްވެސް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

ސޫޖިތް ސިރްކަރް ޑައިރެކްޓް ކުރާ މި ފިލްމްގެ ބޮޑު ކާސްޓެއް ހިމެނޭއިރު، ފިލްމްގެ މުހިއްމު ތަރިންނަކީ، އާލިއާ ބަޓް، ވަރުން ދާވަން، އަނިލް ކަޕޫރު، ޖާންވީ ކަޕޫރު، ކަރީނާ ކަޕޫރު، ބޫމީ ޕަދްނާކަރު އަދި ވިކީ ކައުޝަލްއެވެ.

ވިކީ ކޯޝަލް އެންމެ ފަހުން ފެނިގެންގޮސްފައިވާ ފިލްމަކީ، ބޮކްސްއޮފީހުގައި ކާމިޔާބު ހޯދި ފިލްމް، ސަންޖޫއެވެ. އަދި މި ރޯލަށް އާނައަށް ވަނީ ނިމިގެންދިޔަ އައިފާ އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑްވެސް ލިބިފައެވެ.

ވިކީ ކޯޝަލްގެ ކާމިޔާބު ފިލްމްތަކަށް ބަލާއިރު އާލިއާ ބަޓް އާއެކު މިދިޔަ އަހަރު ފެނިގެންދިޔަ ފިލްމް "ރާޒީ" ފާހަގަކޮށްލެވެއެވެ. މި ފިލްމަށް ވަނީ އައިފާ އެވޯޑްސްގައި އެންމެ މޮޅު ފިލްމްގެ އެވޯޑް ލިބިފައެވެ.

ވިކީގެ ކުރިއަށް އޮތް ފިލްމަކީ، ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންގެ ފަރާތުން އުފައްދާ ބިރުވެރި ފިލްމް ބޫތެވެ. މި ފިލްމްގައި އޭނާ ކުޅޭނީ ފިލްމްގެ ލީޑު ރޯލެވެ. އަދި މި ފިލްމްގެ ޕޯސްޓަރު މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލަފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ