އަންހެން ކުދިންތަކުގެ މެދުގައި ހިނގި މާރާމާރީ

އަންހެން ކުދިންތަކެއް ރަސްފަންނުގައި މާރާމާރީ ހިންގައިފި

ވެރިރަށް މާލޭގައި ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ރަސްފަންނުގައި ފުރާވަރުގެ އަންހެން ކުދިންތަކެއް މާރާމާރީ ހިންގައިފިއެވެ.

އަންހެން ކުދިންތަކެއްގެ މެދުގައި ހިނގި މި މާރާމާރީގެ ވީޑިއޯ ޓްވިޓަރ ގައި ދައުރުވަމުންދާއިރު، މި ވީޑިއޯއިން ފެންނަނީ ދެ އަންހެން ކުދިން ވެގެން އިތުރު އަންހެން ކުއްޖެއްގެ ގައިގައި ތަޅައިގަންނަ މަންޒަރެވެ.

ދެ އަންހެން ކުދިންވެގެން އެ އަންހެން ކުއްޖާ ގައިގައި ތަޅައިގަނެ ބިންމައްޗަށް ވައްޓާލައި، ބޮލުގައި ތަޅެމުގެ އިތުރުން ކޮޅު ފައިންވެސް އެ އަންހެން ކުއްޖާއަށް ހަމަލާދޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

ދެ އަންހެން ކުދިން ވެެގެން އިތުރު އަންހެން ކުއްޖަކަށް އަނިޔާކުރަނިކޮށް އެތަނަށް އަންނަ ޒުވާން ފިރިހެނުންތަކެއް ވަނީ އެމީހުން ދުރުކުރަން މަސައްކަތް ކޮށްފައެވެ. ދުރުކުރަން މަސައްކަތް ކުރަމުން "ހަމަޖައްސާލާށޭ" ބުނާ އަޑު ވީޑިއޯއިން އިވެއެވެ.

މި މާރާމާރީ އާއި ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ބަހެއް ވިދާޅު ނުވާތީވެ، މި މައްސަލަ ފުލުހުން ބަލަމުންދާކަން ވަނީ ސާފުވާގޮތް ނުވެފައެވެ.

ރޭ ރަސްފަންނުގައި ހިނގި މާރާމާރީއަކީ ކޮން ކަމަކާ ގުޅިގެން ހިނގި މާރާމާރީއެއްކަން ވަނީ ސާފުވާގޮތް ނުވެފައެވެ. މިދިޔަ އަހަރު ފަހުކޮޅު ވެސް އަންހެން ކުދިންގެ ގްރޫޕަކުން މާރާމާރީއެއް ހިންގި މައްސަލައެއް ފެންމަތިވެ އެ މައްސަލައިގައި އެކުދިން ހައްޔަރުވެސް ކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ