ޔޫސީއެލް - ކުޅުނު ދެމެޗުންވެސް ރެއަލްމެޑްރިޑަށް މޮޅެއް ނުލިބުނު

ޗެމްޕިއަންސް ލީގަކީ އެތަށް ހަށް ސަޕޯޓަރުންނެއް އެމުބާރާތަކަށް އިންތިޒާރުކުރަމުން، ބެލުމުގައި ޖޯޝާއި ފޯރި ހިއްޕާލާފައިވާ މުބާރާތަކަށްވާއިރު، މިފަހަރުގެ ސީޒަންގައި އަދި މިހާތަނަށް އެންމެ ބޮޑަށް ހިތާމަކުރަމުން ދާނީ ސްޕެއިންގެ ރެއަލްމެޑްރިޑުގެ ސަޕޯޓަރުންކަމާމެދު ޝައްކެއްނެތެވެ.

އާ ސީޒަން ފެށި ޗެމްޕިއަންސް ލީގުގެ މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅެއް ލިބިފައިނުވާ ރެއަލްމެޑްރިޑުން ސީޒަންގެ ފުރަތަމަ މެޗުގައިވަނީ 3-0 ގެ ނަތީޖާއަކުން ޕީއެސްޖީއަތުން ދަށްވެފައެވެ. އަދި އަމިއްލަ ދަނޑުގައި ރޭ އެއްވަރުވީ ބެލްޖިއަމްގެ ކްލަބު ބްރަގާއާއި ބައްދަލުކޮށެވެ.

2-2 ގެ ނަތީޖާއަކުން އެއްވަރުވި މިމެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީވެސް ކްލަބު ބްރަގާއިންނެވެ، ފުރަތަމަ ހާފުގައި ފެނިގެންދިޔަ މިދެލަނޑުވެސް އެކްލަބަށް ކާމިޔާބުކޮށްދީފައިވަނީ އެމަނުއަލް ބޮނަވެންޗާއެވެ.

ނަމަވެސް ޖެހިޖެހިގެން ތިން ފަހަރު މިމުބާރާތް ކާމިޔާބުކުރި ރެއަލްމެޑްރިޑުންވަނީ ދެވަނަ ހާފުގައި ދެލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ރާމޯސް އަދި ކަސެމީރޯގެ ލަނޑުން ނަތީޖާ ހަމަހަމަކުރި މިމެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ރެއަލްމެޑްރިޑަށް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ރެއަލްމެޑްރިޑްގެ ވިނިޝިއަސްއަށް ކްލަބު ބްރަގާގެ މެދުތެރެއަށް ކުޅެމުން އަންނަ ވޯމާ ކުރި ފައުލަކާއި ގުޅިގެން ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއްވެސް ފެނިގެންދިޔަ މިމެޗުގައި ރެއަލްމެޑްރިޑުންވަނީ 27 ހަމަލާއެއް އުފައްދާފައެވެ.

ރޭގެ މެޗު އެއްވަރުވެ މިހާތަނަށް ލިބުނު ޖުމްލަ 1 ޕޮއިންޓާއެކު ރެއަލްމެޑްރިޑް އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ