މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުފެއްދުމަށް އާއްމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އެމްއާރުއެމްގެ އޮފިޝަލަކު ވިދާޅުވީ، އެމްއާރުއެމް އުފެއްދުމަށް ބާއްވާ ޚާއްޟަ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތްކުރައްވާ އެމްއާރުއެމް އުފެއްދުމަށްޓަކައި ހުށައަޅަންޖެހޭ މެމެބަރޝިޕް ފޯމުތައް މިއަދު އީސީއަށް ހުށައަޅާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ.
އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ދީފައިވަނީ ފެބްރުއަރީ 19 ވަނަ ދުވަހު ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙީމް ހަސަނަށެވެ. ނަމަވެސް އެ ހުއްދަ ބާތިލް ކުރުމަށްފަހު އަލުން އާ ހުއްދައެއް ދީފައިވަނީ ޖުމްނާ މައުމޫނަށެވެ.