ނިއުކުލިއަރ މަޝްވަރާތައް ފަށާނެކަމަށް ބުނެ ނޯތް ކޮރެއާއިން އަނެއްކާވެސް މިސައިލް ޓެސްޓް

އެމެރިކާއާއެކު ނިއުކުލިއަރ މަޝްވަރާތައް ފަށާނެކަމަށް ބުނިތާ ގަޑިއިރުތަކެއް ނުވަނީސް ނޯތް ކޮރެއާއިން ބެލެސްޓިކް މިސައިލެއް ޓެސްޓް ކޮށްފިއެވެ.

ސައުތު ކޮރެއާއިން ބުނެފައިވަނީ، މިމިސައިލް ފޮނުވާލައިފައިވަނީ ނޯތް ކޮރެއާގެ ވޮންސޮން ބަނދަރުމަތީގެ ސަރަހައްދުން ކަމަށެވެ. އަދި މިސައިލް 280 މޭލަށް ދަތުރު ކުރުމަށްފަހު ޖަޕާން ކަނޑަށް ވެއްޓިފައި ވާކަމަށެވެ. އަދި މިމިސައިލް ފޮނުވާލައިފައިވަނީ ސަބްމެރީނަކުން ކަމަށް ބެލެވޭ ކަމަށެވެ.

މެއި މަހުން ފެށިގެން ނޯތް ކޮރެއާއިން ޓެސްޓް ކުރަމުން އަންނަ ކުރުރާސްތާ މިސައިލް ތަކުން މިފަހަރުކުރި ޓެސްޓު ބައިނަލްއަގްވާމީ މުޖުތަމައުން ސިފަކުރަނީ ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ.

ސައުތުކޮރެއާގެ މި ތުހުމަތުތަކާއި ގުޅިގެން ނޯތް ކޮރެއާއިން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ