އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވަނީ އެ ގައުމުގެ ދެކުނުގައި އޮންނަ ކައެސޯންގް ސިޓީއަށް ޤަވާއިދާ ޚިލާފަށް އެތެރެވެފައިވާ މީހެއްގެ ގައިންނެވެ.
ނޫސް އިދާރާއަކުން ބުނެފައިވާގޮތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައިވާ މީހާގެ ޓެސްޓުތައް ހެދުމުގެ މަސައްކަތް މިކަމުންދާކަމަށާއި މި ޓެސްޓް ނަތީޖާ އަދި ހާމަކުރައްވައިފައި ނުވެއެވެ. އަދި އޭނާ އާއި ބައްދަލުވެފައިވާ މީހުންނާއި އޭނާ އުޅުނު ސިޓީގައި މިދިޔަ ފަސް ދުވަހުގެ ތެރޭގައި އުޅުނު މީހުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނުމައެކު މިހާރުވަނީ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްހުރި މީހާ މިހާރު ވަނީ އެކަހެރިކޮށްފައިކަމަށާއި އެ ސިޓީވެސް ވަނީ ލޮކްޑައުން ކޮށްފައިކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އުތުރު ކޮރެއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ ހަވަރަކަށް މަސް ވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހާތަނަށް ކޮވިޑް-19 އަށް ދުނިޔެއިން 16 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިިރު އޭގެތެރެއިން 647000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެންމެ ގިން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އެމެރިކާއިންނެވެ. އެގޮތުން 8،292،311 މީހުން އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.



