ޓެކްސީއަކަށް ދޫކޮށްލެވުނު އައިފޯން 11، ފުލުހުން ހޯދައިދީފި

ޓެކްސީއަކަށް ދޫކޮށްލެވުނު އައިފޯން 11، ފުލުހުންގެ މަސައްކަތުން ހޯދައި ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިރޭ 21:26 ހާއިރު ހުޅުމާލެއިން މާލެ އައި ޓެކްސީއެއްގެ ތެރެއަށް އައިފޯން 11 އަކާއި ލެނޯވޯ ލެޕްޓޮޕެއް ބޭއްވިފައިވާކަމަށް ބުނެ ކޮމާންޑް ސެންޓަރަށް ހުށަހެޅިފައިވާ ކަމަށެވެ.

"ސީސީޓީވީ ކެމެރާތަކުގެ އެހީގައި ޓެކްސީ ހޯދައި، ތަކެތި ވަނީ މިރޭ 22:50 ހާއިރު ވެރިފަރާތާއި ހަވާލުކުރެވިފައި." ފުލުހުން ވިދާޅުވިއެވެ.

އައިފޯން 11 ބާޒާރަށް ނެރެފައިވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ބާޒާރުގައި ނުހަނު އަގުބޮޑު ފޯނު ފުލުހުން ހޯދައިދީފައިވަނީ މައްސަލަ ހުށަހެޅުނުތާ ދޮޅު ގަޑިއެއްހާއިރުގެ ތެރޭގައެވެ.

ޓެކްސީތަކަށް ދޫކޮށްލާފައި ދެވޭ ބައެއް ތަކެތި ޓެކްސީގެ ވެރިފަރާތުން ފުލުހުންނާ ހަވާލުކުރި ނަމަވެސް، ގިނަ ފަހަރަށް އެގޮތަށް ދޫކޮށްލެވޭ ތަކެއްޗަށް ވާނުވާއެއް ނޭނގެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ