މަސްތުވާތަކެއްޗާއެކު ދެމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު މާލެއިން ދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ކްރިކެޓް ދަނޑު ކައިރީ ތިބި ދެމީހުންގެ ޢަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން، އެވަގުތު އެ ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ މާފަންނު ޕޮލިހުގެ ފުލުހުން، އެމީހުން ބަލާ ފާސްކުރިިއިރު އެމީހުންގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި އެ ދެ މީހުން ހައްޔަރުކޮށް، މައްސަލައިގެ ތަޙްޤީޤު ފަށާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ހައްޔަރުކުރާ ނިސްބަތް މިފަހަކުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ