ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަރ މިލާންއާއޮ ދެކޮޅަސް ކުޅުނު މެޗުގައި ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ދެލަނޑާއެކު ފަހަތުން އަރައި ބާސެލޯނާ މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާގެ ފަރާތުން ސަޕޯޓަރުން ބޭނުންވާކަހަލަ އެއްވެސް ކުޅުމެއް ފެނިފައިނުވާއިރު، ފުރަތަމަ ނިމިގެން ގޮސްފައިވަނީ 2 ވަނަ މިނަޓްގައި ލަޓާރޯ މާޓިނޭޒް ކާމިޔާބުކޮށްދިން ލަނޑަކުން އިންޓަރ މިލާން ކުރީގައި އޮވެގެންނެވެ.

އެހެންނަމަވެސް ދެވަނަ ހާފުގައި ކުޅުން އެތަށް ގޮތަކަށް ރަނގަޅުކުރި ބާސެލޯނާއިންވަނީ ސުއަރޭޒްގެ ދެލަނޑާއެކު މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
މެޗުގެ 58 ވަނަ މިނަޓްގައި ޖަހައިދިން ވަރަށް ހިތްޤައިމު ގޯލަކުން ސުއަރޭޒް ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، މެޗުން މޮޅުވި ލަނޑު މެސީގެ އެހީތެރިކަމާއެކު ޖަހާދީފައިވަނީ 84 ވަނަ މިނަޓްގައެވެ.
އަދި މެޗުގައި ފެނިގެން ދިޔަ ބަދަލަކީ ހާފް ގަޑީ ކޯޗު ވަލްވާޑޭ ޓީމަށް އިރުޝާދުކަމަށް ސުއަރޭޒްވަނީ ބުނެފައިވާއިރު، މެސީ ޓީމުގައި ހިމަނައިގެން މެޗުން މޮޅުވާން ފަޞޭޙަކަމަށް ބާސެލޯނާގެ ގިނަ ކުޅުންތެރިނެއްވަނީ ބުނެފައެވެ.
ވަރުގަދަ ޑިފެންސިވް ގޭމް ކުޅެމުންއައި އިންޓަރ މިލާންގެ ފަރާތުންވަނީ ނުރައްކާތެރި ކައުންޓަރ އެޓޭކްތަކެއްކޮށް ބާސެލޯނާ އެތަށް ފަހަރަކު ހާސްކޮށްލާފައެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް އިންޓަރ ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
އިންޓަރ މިލާންގެ ކޯޗު އެންޓީނިއޯ ކޮންޓޭ ބުނީ، ބާސެލޯނާއަށްވުރެ ހުރިހާ ގޮތަކުން ރޭގެ މެޗުން އިންޓަރ މިލާން މޮޅުވުން ޙައްޤުކަމަށެވެ.




