ހުޅުލެ-ހުޅުމާލެ ހައިވޭ - ފެށުން ފޮޓޯ: ވިސާމް

ހައިވޭގައި ޖަހާފައިހުރި ކޯނުތަކުން ނައްޓަން އުޅުނު ކާރެއް އެކްސިޑެންޓްވެއްޖެ

ހުޅުލެ-ހުޅުމާލެ ހައިވޭ ނިމޭހިސާބުގައި ޖަހާފައިހުރި ކޯނުތަކުން ނައްޓަން އުޅުނު ކާރެއް އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް، ހައިވޭ ނިމޭހިސާބުގައި މަސައްކަތް ކުރުމަށް ޖަހާފައިހުރި ކޯނުތަކުން ނެއްޓެން އުޅުމުގެ ތެރޭގައި ހައިވޭގެ އަރިމަތީ ދަގަނޑު ފެންސްގައި ޖެހިގެން ކަމަށެވެ.

މިއަދު ހެނދުނު 07:30 ހާއިރު ހިނގި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވީ ނަމަވެސް ކާރުގެ ކުރީ ބަފަރު އެއްކޮށް ހަލާކުވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސީޑެންޓް ހިނގިއިރު ކާރު ދުއްވަން އިނީ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ