ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ޢަލީ ވިސާމް

ކަލާސް ގުރޫޕް އޮފީހުގެ ތިޖޫރީތައް ފަޅާލައި ވައްކަން ކޮށްފި

ކަލާސް ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ ތިޖޫރީތައް ފަޅާލައި ވައްކަން ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ވައްކަން ކޮށްފައިވަނީ ކަލާސް ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ ދެ ތިޖޫރީއަކުން ކަމަށާއި، މިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:07 ހާއިރު ކަމަށެވެ.

ކަލާސް ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ ދެ ތިޖޫރީ ހަލާކުކޮށްލައިގެން 4700 ޔޫއެސް ޑޮލަރާއި، 30،000ރ ވަގަށް ނަގާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކަލާސް ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ ތިޖޫރީތައް ފަޅާލައި 102،474ރ (ދިވެހި ރުފިޔާއިން ބަލާނަމަ) ވަގަށް ނަގާފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެެވ.

މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަން މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވާއިރު، މި ހަފްތާގައި މާލޭގައި ގިނަ ވައްކަންތަކެއް ހިނގާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ