މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ( އެމްޑީއެން )ގެ މެންބަރުން ަކަމަށްބުނެ ބަޔަކާ މެދުގައި ނަފްރަތް އުފެއްދުމަށް މަސައްކަތްކުރަމުންދާ މައްސަލަ ބަލަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވެފައި މިވަނީ، އެ ޖަމިއްޔާއިން ތައްޔާރު ކުރި ރިޕޯޓެއްގައި ޤުރުއާނަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާތީ ގިނަ ބަޔަކު އެ ޖަމްއިއްޔާއަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ސޯޝަލް މީޑިޔާގައި އެމްޑީއެން އާއި ދެކޮޅަށް ޚިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެމްޑީއެންގެ ރިޕޯޓުގައި ވަނީ ކީރިތި ރަސޫލާ އަކީ "ތަކްފީރީ" އެއް ގޮތަށް ސިފަކޮށް މި ޒަމާނުގެ ހައްދުފަހަނަޅައި ދާ ފަރާތްތަކާއި އެއްފަދަ ކޮށްފައި ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދު ތަކަކީ އަނިޔާގެ ގޮތުގައި ސިފަކޮށްފައިވާއިރު އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ "ޚިޔާލީ ވާހަކައެއް"ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް ކީރިތި ޤުރުއާނުގެ ސަބަބުން ގެވެށި އަނިޔާ އިތުރުވާ ކަމަށް ދޭހަވާ ގޮތަށް ވެސް އެ ރިޕޯޓުގައި ލިޔެފައިވާކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތުކޮށް ވެސް އެމްޑީއެންގެ ރިޕޯޓުގައި ލިޔެފައިވާއިރު އެކަމާއި ދެކޮޅަށް ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދް އާއި ޑރ. އިޔާޒް އަބްދުއްލަތީފް ހިމެނިވަޑައިގަންނަވައެވެ.
ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓެއްގައި ދީނުގެ ބައެއް ކަންކަމަށް ހަޖޫ ޖަހައި، ފުރައްސާރަކޮށްފައިވާކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، އެ ރިޕޯޓްގައި އެފަދަ ލިޔުންތައް ހުރިއިރު، އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭތޯ އަދި އެ މައްސަލަ ބަލާތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުން ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވާކަމަށެވެ.
"މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ މީހުން ހިމެނޭގޮތަށް ވަކި ބައެއްގެ ފޮޓޯ ޖަހައިގެން އެމީހުންގެ މަޢުލޫމާތު ހިމަނައި، އެމީހުންނަކީ އިސްލާމްދީން ނައްތާލަން މުގުލުގައި ތިބި މީހުން ކަމަށްބުނެ އެމީހުންނާ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރަމުންދާ މައްސަލައެއް ހުށަހެޅި ތަޙްޤީޤީޤު ކުރަމުންދަނީ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ޑިމޮކްރަސީ ނެޓްވޯކްގެ މީހުންނާ މެދުގައި ނަފްރަތު އުފައްދަން މަސައްކަތްކުރާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައިގެ ތަޙްޤީޤުގެ ތެރެއިން، ދީނަށް ފުރައްސާރަކޮށް އެ ޖަމްއިއްޔާއިން އާއްމުކޮށްފައިވާ ރިޕޯޓްގެ މައްސަލަވެސް ބަލާނެ ކަމަށެވެ.





2 Responses
hoon kaleymen fuluhun thibebala emeehun himaayai koggen. aharenge dhua akee thiya mdn aa ebbai vaa emmen nethi kuravvaa halaaku kurevvun. fuluhun kamugai viyas
Fuluhun vanee emeehun koggen thibi huvayaa lhilaafu be qaanoonu asaasee aa khilaafu be Islaam dheena keerhi guraan aa mi ummathuge rasoolaa ah hajoo nehi meehun hayyaru nukurumun. Mi kamuge zinmaa nagan jeheynee CP hameed home minister imran adhi raeesuljumhooriyaaa he magaamugai huri Iboo Solih