އިސްލާމްދީނަށް ފުރައްސާރަކުރުން ސަޅިއެއްނޫން، ބަލައެއްވެސް ނުގަނެވޭ - މަޙްލޫފް

މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކުރުން ސަޅި ނޫން ކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ މަޙްލޫފް ވިދާޅުވީ، އިސްލާމްދީނަށް އަދި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން އެމަނިކުފާނަށްވެސް ބަލައި ނުގަނެވޭ ކަމަށެވެ.

"އިސްލާމް ދީނަށް އަދި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން އަޅުގަނޑަށްވެސް އަދި ދިވެހި އެއްވެސް ރައްޔިތަކަށް ބަލައެއް ނުގަނެވޭނެ." މިނިސްޓަރ މަޙްލޫފްގެ ޓްވީޓް ފައްޓަވަމުން ވިދާޅުވެފައިވެއެވެ.

މަހްލޫފް ވިދާޅުވީ، ބައެއް ފަރާތްތަކަށް އިސްލާމްދީނަށް ޖޯކުޖަހައި، ފުރައްސާރަކުރާ ކުރުމަކީ މާމޮޅު އަދި ކޫލް ކަމެއް ކަމަށާއި، ނަމަވެސް އެއީ ސަޅި އަދި ކޫލް ކަމެއްވެސް ނޫން ކަމަށެވެ.

"ބައެއް ފަރާތްތަކަށް އިސްލާމް ދީނަށް ޖޯކުޖަހައި ފުރައްސާރަކުރުމަކީ މާ މޮޅު އަދި ކޫލް ކަމެއް. އެކަމުވެސް އެއްވެސް ސަޅިއެއް ނޫން. އަދި ކޫލްއެއްވެސް ނޫން." މަޙްލޫފްގެ ޓްވީޓް ނިންމާލަމުން ވިދާޅުވެފައިވެއެވެ.

މިނިސްޓަރ މަޙްލޫފް މިހެން ވިދާޅުވެފައި މިވަނީ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯޓް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާއަށް ޖޯކުޖަހައި ނެރުނު ރިޕޯޓްގެ މައްސަލަ ހޫނުވެފައިވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ