މަސްތުގެ ހާލަތުގައި ހުރި އަންހެނަކު ވަގު ފޯނަކާއެކު ހައްޔަރުކޮށްފި

މަސްތުގެ ހާލަތުގައި ހުރި އަންހެނަކު ވަގު ފޯނަކާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ 07:34 ހާއިރު މާވެޔޮމަގު، މަޖީދީމަގު ގުޅޭ ހިސާބުން މަސްތުގެ ޙާލަތުގައި ހުރިކަމަށް ތުޙުމަތުގައި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އުމުރުން 34 އަހަރުގެ މިއަންހެންމީހާ ބަލައި ފާސްކުރުމުގެ ތެރޭގައި 20 ސެޕްޓެމްބަރ 2019 ވަނަ ދުވަހު މީހަކު އަތުން ގެއްލިގެން ހޯދަމުންދާ ފޯނެއްވެސް ފެނިފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ