މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓް އާއްމުކުރުމާއެކު ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ޖަމްއިއްޔާއާއި ދެކޮޅަށް މީސްމީޑިއާގައި ބޮޑު ކެމްޕޭނެއް ކުރިއަށްދާ މިދުވަސްވަރުގައި އެމްޑީއެންގެ ފައުންޑަރ އަދި އެގްޒެކްޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާޢީލް މިހާރު ނޫހަށާއި ވަގުތު ނޫހަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
އެމްޑީއެންގެ ރިޕޯޓް މައްސަލަ ހޫނުވެ، ފުލުހުންވެސް މިރިޕޯޓްގެ މައްސަލަ ބަލަމުންދާ މިދަނޑިވަޅުގައި ޝަހިންދާ ވިދާޅުވީ، އެރިޕޯޓަކީ 2016 ވަނަ އަހަރުން ފެށިގެން އާންމުކޮށްފައިވާ ރިޕޯޓެއްކަމަށާއި، ކުއްލިއަކަށް މިރިޕޯޓް ފެނިގެން މިއުޅެނީ ޓެރަރިޒަމް މަނާ ކުރާ ޤާނޫނަށް ބަދަލު ގެނައުމާއި ގުޅިގެން ކަމަށެވެ.
މީގެއިތުރުން ޓެރަރިޒަމް މަނާ ކުރާ ޤާނޫނަށް ފަހުން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނޭކަން އޮޅުވާލައިގެން މިހާރު ނޫހުން ގެނެސްދީފައިވާކަމަށް ޝަހިންދާވަނީ ވިދާޅުވެފައެވެ. އަދި އެކަން ހަނދާންހުރި އެކަކުވެސް ހުރިތޯ ޝަހިންދާ ސުވާލު އުފައްދާފައިވާއިރު، އެކަން ޔަޤީންކުރުން މިހާރު ނޫސް ބެލުމަށްވެސް ޝަހިންދާ ވިދާޅުވެފައިވެއެވެ.
އަދި ދޮގު މަޢުލޫމާތު ފަތުރާ އާންމުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމުގެ މައްސަލާގައި ވަގުތު ނޫހާއި، މިހާރު ނޫސް އުޅެނީ އެއް ހިސާބެއްގައިކަމަށް އިޝާރާތް ކުރައްވާ ޝަހިންދާވަނީ މިކަމުން މިނޫސްތަކަށް ލިބެނީ ކޮން ފައިދާއެއްތޯވެސް ސުވާލު ކުރައްވާފައެވެ.
"ދޮގު މަޢުލޫމާތު ފަތުރާ، އާންމުންގެ މެދުގައި ހަމަނުޖެހުން އުފައްދާ މައްސަލާގައި މިހާރު ނޫސް ހުރީ ކޮން ހިސާބެއްގައި؟ ވަގުތު ނޫހާއި ތަފާތެއްނެތް؟ މިމީހުންނަށް މިކަމުން ލިބޭ ފައިދާއަކީ ކޮބައިތޯ އެކަކުވެސް ބެލިންތަ؟" ޝަހިންދާ ވިދާޅުވިއެވެ.
Dhogu mauloomaathu fathuraa, aammunge medhuga hamanujehun ufehdhumuge massalaiga Mihaaru Noos huree kon hisaabegga? Vaguthu noohaa thafaatheh neiy. Mimeehunnah mikamun libey faidhaa akee kobaitho ekakuves belitha?
— Shahindha Ismail ? (@HindhaIsmail) October 4, 2019
އެމްޑީއެން ރިޕޯޓްގެ މައްސަލަ މިހާރު ފުލުހުން ބަލަމުންދާއިރު، އެ ޖަމްއިއްޔާއާއި މެދުގައި ފިޔަވަޅު އަޅައިދިނުމަށް އިއްޔެ މެންދުރު އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުގައި އެދިފައެވެ.





2 Responses
ޝަހިންދާ ހޭބަލިިވެގެނަ ނޫޅެ މިރާއްޖެ ދޫކޮއްދޭ.. ކަލެޔަކީ ދިވހި ރައްޔިތަކައް ވުމުގެ ޝަރުތު ހަމަވާ މީހެއް ނޫން. މީނަގެ ދިވެހި ރައްޔިތު ކަމުގެ ހައްގު ނިގުޅައިގަންނަް ޖެހޭ އިސްލާ ދިނައް ފުރައްސާރަ ކޮއް ހަޖޫ ޖަހާ މީނަކީ މުސްލިމެއްނުން. މުސްލިމަކައް ނޫނީ ދިވެހި ރައްޔިތަކައް ނުވެވޭޏެ.
Sharuee hukumuge therein enme fahah onna goi thee. Eyge kurin naseyhaitheri vumaa visnai dhinun fadha kan kan himeney.
Hukum thanfeezu kuraanee ves sharuee courtakun. Enoon nama ei hama kusheh nei meehaku merun fadha. Enoon nama rasoola ah enme furasaara kuri Mecca ge mushrikun ge therein Abu jahulu men fadhameehun Islam dheenuge kuree kolhu gathulu kurees. Iss kuran vee hikmathaai Keitherikan. Nuruhumu ge adu ufulan vee islamee rivethi minganduge therein. Govaalan vee Islam dheenah. Gathulu aanmakah noon. Mee aa kameh noon. Visnaathi. Buddheege beynun kurey!