ޕީއެންސީގެ ރައީސް އަބްދުއްރަހީމް

މަޖިލީހުގެ ފޯރަމެއްގައި އެމްޑީއެންގެ ޝަހިންދާއަށް ފުރުސަތު ދިނުމަކީ ނަޝީދު ދިން އިންޒާރެއް: އަދުރޭ

ރައްޔިތުންގެ މަޖިލީހުން ބޭއްވި ފޯރަމެއްގައި، އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރި ޝަހިންދާ އިސްމާއިލް އަށް ފުރުސަތު ދިނުމަކީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝިދު ދިން ބިރުވެރި އިންޒާރެއް ކަމުގައި  ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައިވަނީ، އިންތިޤާލީ އިންސާފު ހޯދައިދިނުމަށް އެކުލަވާލި ބިލަށް ޚިޔާލު ހޯދަން ބޭއްވި ފޯރަމުގައި ރާއްޖޭން ބޭރުގައި އުޅޭ ދިވެހިންނަށް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިޔާލު ފާޅު ކުރުމުގެ ފުރުސަތު ދިނުމުގެ ތެރެއިން ޝަހިންދާ އަށް ފުރުސަތު ދިނުމުންނެވެ.

އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ އިސްލާމް ދީނަށް ލޯބިކުރާ ދިވެހިންނަށް ރައީސް ނަޝީދު ދިން ބިރުވެރި އިންޒާރެއް ކަމަށާއި މިކަމުގެ ސަބަބުން ޝަހިންދާ އަކީ މި ސަރުކާރުގެ ލާދީނީ އެޖެންޑާ ތަންފީޒު ކުރުމުގެ މުހިންމު ބައިވެރިއެއްކަން ކަށަވަރު ވެއްޖެ ކަމަށެވެ. އަދި މިއީ ޝަހިންދާ ފޮރުވައިގެން އުޅެނީ މި ސަރުކާރުންކަން އިތުރަށް ޔަގީންކޮށްދިން ހެއްކެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ