ޔޫރޮޕާ ލީގު - ޕެނަލްޓީ ނުދިނުމުން ސޯލްޝެއާގެ ހިތްހަމަ ނުޖެހުން ރެފްރީއަށް

ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ނެދަލޭންޑްސްގެ އަލްކްމާއާ ބައްދަލުކޮށް އެއްވަރުވިއިރު މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު އޮލެގުނަ ސޯލްޝެއާގެ ހިތްހަމަނުޖެހުން ރެފްރީއަށް އަމާޒުކޮށްފިއެވެ.

ސޯލްޝެއާ ހިތްހަމަ ނުޖެހިފައިވަނީ އަލްކްމާ ޕެނަލްޓީ އޭރިއާތެރެއިން ޔުނައިޓެޑްގެ ފޯވާޑު ރަޝްފޯޑަށް ސްޓިން ވައިޓެންސްކުރި ފައުލަކާއި ގުޅިގެން ޔުނައިޓެޑަށް ޕެނަލްޓީއެއް ނުދިނުމުންނެވެ.

"100 އަކުން 101 އެކެއް އެއީ ޕެނަލްޓީއެއް. މިކަހަލަ ފައުލްތަކުގައި ކިތަށް ފަހަރު އަހަރެމެނަށް ޕެނަލްޓީއެއް ނުލިބި މިދަނީ؟ އެހެން ނަމަ ރޭގެ މެޗުން މޮޅެއް ލިބުނީސް." ސޯލްޝެއާ ބުންޏެވެ.

މީގެއިތުރުން ހުރި އެތަނުން އެހާދިސާ މާރަނގަޅަށް ފެނިފައިނުވާކަމަށާއި، ނަމަވެސް އެއީ 100 ޕަސެންޓް ޕެނަލްޓީއެއްކަމަށްވެސް ސޯލްޝެއާވަނީ ބުނެފައެވެ.

ޔުނައިޓެޑްގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗު ނިމިގެންގޮސްފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ.

އަލްކްމާ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުގައި އެކްލަބުންވަނީ މޮޅު ކުޅުމެއް ދައްކައި، ޔުނައިޓެޑަށް އެތަށް ގޮތަކުން އުނދަގޫ ކޮށްފައެވެ. އަދި އެކްލަބުން ހަތަރު ހަމާލާއެއް ޔުނައިޓެޑް ގޯލާއި އަމާޒުކޮށް ފޮނުވާލިނަމަވެސް، ސުމެއް ކަނޑުވާލެވޭގޮތްވަނީ ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ