ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް ތުހުމަތުތަކެއްކޮށް، އެ މިނިސްޓްރީއަށް ބަދުބަސްބުނެ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ފައުންޑަރ އަދި އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްލާއީލް ދެއްކެވި ވާހަކައިގައި ގޯހެއް ނެތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ޝަހިންދާ ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއާއި ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފަކީ ދިވެހިރާއްޖޭގެ ހަލާކު ކަމަށާއި، މަޙްލޫފާއި އިސްލާމިކް މިނިސްޓްރީ ހުއްޓާ މިޤައުމު އަމާން ނުވާނެ ކަމަށެވެ.
“ނަމަނަމަ އަޙްމަދު މަޙްލޫފް ވެސް އިސްލާމިކް މިނިސްޓްރީންވެސް މިރާއްޖޭގައި މިދިޔަ 10 އަހަރު މީހުން މަރާ، މަރަން ގޮވާލައި، ބިރު ދައްކައި، ޒުވާނުން ހަލާކުކުރާ ބަޔަކާ އަޅާނުލާތި. ކަލޭމެން ތީ މިޤައުމުގެ ހަލާކު.ކިތަންމެ ބަޔަކު ފުރާނަ ގުރުބާން ކުރިޔަސް ކެލޭމެން ތިއްބާ މިތަން އަމާނެއް ނުވާނެ.” ޝަހިންދާ އިސްލާޢީލްގެ ޓްވީޓްގައި ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ސުވާލުކުރުމުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ޝަހިންދާ ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ގޮތާމެދު އޭނާ ދެކިވަޑައިގަންނަވާ ގޮތް ކަމަށެވެ.
"ވޭތުވެދިޔަ 10 އަހަރު ދުވަހު އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާމެދު ޝަހިންދާ ވިދާޅުވެފައިވާ އެއްޗަކީ، އޭނާ އެ މިނިސްޓްރީ މަސައްކަތް ކުރަމުން ގޮސްފައިވާ ގޮތާމެދު ދެކެވަޑައިގަންނަވާ ގޮތް." ފުލުހުން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ މިނޫހަށް ވިދާޅުވީ، ޝަހިންދާ އެ ވިދާޅުވަނީ "ގޯހެއް" ކަމަށާއި، އެއްވެސް މިނިސްޓްރީއަކަށް އަމާޒުކޮށް ނޫވަތަ ވަކި މީހަކަށް އަމާޒުކޮށް އެކަހަލަ ބަހެއް ބުނެގެނެއް ނުވާނެ ކަމަށެވެ.
"އެއީ ގޯހެއް. ޝަހިންދާވެސް އަދި އެއްވެސް ފަރާތަކުން އެހެނެއް ނުއެއް ބުނެވޭނެ އެއްވެސް މިނިސްޓްރީއަކަށް. ކޮންމެ މިނިސްޓްރީއަކުންވެސް ކުރާނީ އެ މިނިސްޓްރީއެއްގެ މެންޑޭޓްގައި ކަނޑައެޅިފައި ހުރި ކަންކަން. އަޅުގަނޑުމެންގެ ޒިންމާއަކީ ދީނީ ކަންކަން ކުރިއަރުވައި، ދީނަށް އަންނަ ހުރަސްތައް ނައްތާލައި، ހޭލުންތެރިކަން އިތުރުކުރުން." އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ މިނޫހަށް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޝަހިންދާގެ އެ ޓްވީޓް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ ޓްވީޓްގެ މައްސަލަ އެ މިނިސްޓްރީން ދިރާސާކުރަމުން އަންނަ ކަމަށެވެ.
ޝަހިންދާގެ ހަމަލާތަކެއް އިސްލާމިކް މިނިސްޓަރީއަށް އަމާޒުކުރިއިރު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން ޢާއްމުކުރި ރިޕޯޓްގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާތީ، އެ ޖަމްއިއްޔާއަށް ފިޔަވަޅު އަޅައިދިނުމަށް އެ މިނިސްޓްރީން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިފައެވެ.




6 Responses
All previous and past members should be removed from government posts. Now we dont have any confidence that if they
. are upfor any good
ކޮންމެ ހުކުރު ދުވަހަކު ހުކުރު ނަމާދަށް ނަބިއްޔާ މަސްޖިދުއްނަބަވީއަށް އަޑައިގަތުމުން، މުނާފިގުންގެ ޒަޢީމް ޢަބްދުﷲ ބުނި އުބައްޔު ބުނި ސަލޫލު މިސްކިތުގެ މެދަށް ތެދުވެ ނަބިއްޔާއަށް ޙުޝާމަދުކުރަނީ ދެއްކުންތެރިކަމުގެ ގޮތުންނެވެ. ނަބިއްޔާ އަށް ފުރިހަމަގޮތުގައި ލޯބިކުރުމަކީ އެކަލޭގެފާނު ގެންނެވިހައި ކަމެއް ހިތުން ޤަބޫލުކޮށް، އެއާއި އެއްގޮތަށް ތިމާމެންގެ ޢަމަލުތަށް ބެހެއްޓުމެވެ
މުނާފިގުން މުޖުތހަމައިން ބާގަނޑެއް ފެނޭތޯ
ބަލާނެ އެވެ.
އެބާގަނޑު ވީދައި ބޮޑުކުރާނެއެވެ.ސިޔާސީ މަނފާނެގޭތޯ ބަލާނެއެވެ. މިބައިމީހުންގެ ހިތުގައި ޢަދާވާތްތެރިކަން ނިކަން ރީއްޗަށް ދައްކާލާނެއެވެ. .
ماشاألله ، މާތްﷲ އަށާއި އެކަލާނގެ رسولى محمد صلى الله عليه وسلم އަށާއި މާތްވެގެންވާ އިސްލާމް ދީނައް ފުރައްސާރަ ކުމަކީ މާތްﷲ ނަހީކުރަށްވާފައިވާ އެންމެ ބޮޑަތި ފާފަތަކުގެތެރޭގައި،ހިމެނޭ އެންމެ ބޮޑަތި ފާފަ އަދި މީގެ އިތުރުން އެފަދަ ލިޔުންތައް ލިޔާ މީހުންނާއި އެފަދަ ބަސްތައް ބުނެއުޅޭ މީހުންގެ ދިފާޢުގައި ތިބޭ މީހުންނަކީވެސް އެކަންކަމުގައި ބައިވެރިވާ މީހުން ރައީސް އޮފީސް ވެސް އެއޮތީ ވަރަށް ބޮޑަށް ބައިވެރިވެފަ
ފުލުހުނަނަށް ގޯސް އެމްސީ ހަމީދު އަށް ގޯސް ނުވަނީ
ފުލުހުންނަށް ގޯހެއްނޫން
Fuluhunney nubuney bunan v MC hameedhaa eynage dogs kolhah massala akh nuvi ey