އެއްވުމެއް ބާއްވާކަން އަންގާފައެއް ނެތް - ފުލުހުން

މާލޭ ސިޓީގައި މިއަދު އެއްވުމެއް ބާއްވާކަން އަންގާފައި ނެތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، މިއަދު ހަވީރު އެއްވުމެއް ބާއްވަން އުޅޭކަމަށް މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"މިއަދު މާލެ ސިޓީގައި އެއްވުމެއް ބާއްވަން އުޅޭކަމަށް، އެފަދަ އެއްވުމެއް ބާއްވަން އުޅޭ ފަރާތަކުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގާފައެއް ނުވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހެން ވިދާޅުވިއިރު، އިސްލާމްދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް މިއަދު މެންދުރުފަހު 02:00 އިން 06:00 އަށް މާލޭގައި އެއްވުމެއް ބާއްވާކަމަށް މީސްމީޑިއާގައި އަޑުފެތުރިފައިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެއްވެސް ފަރާތަކުން އެއްވުމެއް ބާއްވާނަމަ، "ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާބެހޭ ޤާނޫނު" އާއި އެއްގޮތަށް ކުރަންޖެހޭ ކަންކަން ކުރުމަށް ފުލުހުން އިލްތިމާސްކުރައްވާ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ދީނަށް ފުރައްސާރަ ކުރި މައްސަލަ ހޫނުވެފައިވާއިރު، އެފަދަ ފަރާތްތަކަށް ފިޔަވަޅު ނާޅާ މައްސަލައިގައި ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ