ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުން އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފިއެވެ.
މި މަހުގެ ދެވަނަ ދުވަހު ސައުދީ އަށް ފުރުމުގެ ކުރިން އަލީ އަޝްފާގު (ދަގަނޑޭ) އޭނާގެ ފޭސްބުކް ޕޭޖުގައި ޓީމުގެ ފޮޓޯ އެއް ހިއްސާ ކުރަމުން ބުނެފައި ވަނީ އަހަރެމެން މިއަދު ސައުދީއަށް ދަތުރު މިފެށީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ ބުރާސްފަތި ދުވަހު ސީރިޔާ އާއި ދެކޮޅަށް ނިކުތުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމަށް ކަމުގައެވެ. އަދި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ސައުދީގައި ޓީމު އެންމެން އުމްރާގެ އަޅުކަން އަދާ ކުރާނޭ ކަމަށެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށްފަހު މިއަދު ދަގަނޑޭ ވަނީ މުހައްމަދު ހަމްޒާ (ހަމްޕު) އާއި އެއްކޮށް ނަގާފައިވާ ފޮޓޯއެއް އޭނާގެ ޕޭޖާއި ހިއްސާކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
ޤައުމީ ޓީމުގެ އެހެން ކުޅުންތެރިންވެސް ދަނީ އެ ކުޅުންތެރިންގެ މީސް މީޑިއާ އެކަންޓުތަކުގައި އުމްރާ އަދާ ކުރުމަށްފަހު ފޮޓޯތައް ހިއްސާ ކުރަމުންކަން ފާހަގަކުރަމެވެ.
ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ މެޗު އޮންނާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައެވެ.



