ވައްކަމުގެ މައްސަލައެއްގައި ހޯރަފުށިން އަށާރަ އަހަރު ނުފުރޭ ކުއްޖަކު ހައްޔަރުކޮށްފި

ވަގަށްނަގާފައިވާ ފައިސާތަކަކާއެކު 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި ކުއްޖާ ހައްޔަރުކޮށްފައިވަނީ، 2019 އޮކްޓޯބަރު 3 ވަނަ ދުވަހުގެ ވަގުތެއްގައި ހއ.ހޯރަފުށީ ގެއަކުން ފައިސާތަކެއް ވަގަށް ނަގައިގެން ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ކުއްޖާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު، ވަގަށް ނަގާފައިވާ ފައިސާތައް އެގޭގައު ފޮރުވާފައި ހުއްޓާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާއިރު، ވައްކަމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ