ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއް - ފޮޓޯ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

ބިދޭސީ މީހާ ރަހީނު ކުރި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

ބިދޭސީ މީހާ ރަހީނު ކުރި މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބިދޭސީއަކު ރަހީނު ކުރި މައްސަލައާއި ގުޅިގެން މިހާތަނަށް 6 ބިދޭސީން ހައްޔަރު ކޮށްފައިވާކަމަށެވެ. ފުލުހުން ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ ދެ މީހުންނާއި، 22 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހެކެވެ.

މި އެންމެންނަކީ ވެސް ބނގްލަދޭޝްއަށް ނިސްބަޔްވާ 6 މީހުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވަނީ ބިދޭސީ މީހާ ރަހީނު ކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެ ބިދޭސީ މީހާ ސަލާމަތް ކޮށްފައެވެ. އެ މީހާ ރަހީނުކޮށްފައިވަނީ މާފަނނުގައި ބިދޭސީން ދިރިއުޅޭ ތަނެއްގެ ތިންވަނަ ފަންގިފިލާގައެވެ. އެމީހާ ރަހީނު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މި މައްސަލާގައި ފުލުހުން ކުރިން ވަނީ 5 ބިދޭސީއަކު ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ