ބިންމާއާއެކު ނަހުލާ "ދަޅަ" ދައްކަން ތައްޔާރުވަނީ!

"ހުވާ" ސީރީޒްގެ ކާމިޔާބީއަށްފަހު، ޑައިރެކްޓަރު ފާތިމަތު ނަހުލާ މިވަނީ ބައިސްކޯފަށް އަލަށް ތައްޔާރުކުރާ ސީރީޒް "ދަޅަ"ގެ މަސައްކަތުގެ ވާހަކަ އިއުލާންކޮށްފައެވެ. މި މަސައްކަތުގެ އެންމެ ހާއްސައެއްކަމަކީ، އެތައް އަހަރުތަކަކަށްފަހު މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު ގުޅިގެން ނަހުލާގެ މި މަސައްކަތް ގެނެސްދޭތީއެވެ.

މީގެ ކުޑަ ދުވަސްކޮޅެއްކުރިން ނަހުލާ ވަނީމ އިންސްޓަގްރަމްގެ ޕޯސްޓަކުން، ބިންމާއާއެކު ނަހުލާގެ އާ ޕްރޮޖެކްޓެއް ބައިސްކޯފަށް ގެނެސްދޭކަން ކަށަވަރުކޮށްދީފައެވެ.

މިއީ ޓީވީއެމް އިން ގެނެސްދިން ކާމިޔާބު ޑްރާމާ ސިލްސިލާ "ކައްތިރި" އަށް ފަހު އެތައް އަހަރުތަކެއް ފަހުން ނަހުލާ އަދި ބިންމާ މަސައްކަތެއް ގެނެސްދޭ ފުރަތަމަ ފަހަރެވެ. ބައިސްކޯފަށް ނަހުލާ އަލަށް ތައްޔާރުކުރާ ސީރީޒް "ދަޅަ" ގެ ވާހަކަ ލިޔަނީ ބިންމާ އެވެ.

ރާއްޖޭގައި ފުރަތަމަ އެފެއްދި ވެބް ސީރީޒް "ހުވާ"ގެ ފުރަތަމަ ސީޒަން ދާދިފަހަކުން ނިއްމާލާފައިވާއިރު، މި ސީރީޒްގެ ދެވަނަ ސީޒަންއެއްވެސް ގެނެސްދޭނެކަމަށް ނަހުލާ ވަނީ އިއުލާންކޮށްފައެވެ.

"ދަޅަ" ގެ ނަމުގައި ހަދާ 56 އެޕިސޯޑްގެ މި ޑްރާމާ ސީރީޒް ހަދަން މިހާރު ބިންމާއާއެކު އެގްރީމެންޓްތައްވެސް ހަދާފައިވާއިރު، މި ސިރީޒް ގެނެސްދޭނީ އަންނަ އަހަރުކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ