ވާނަން އުމުރަށް، މިލިއަން ވިއުސް ހަމަކުރި ފުރަތަމަ ދިވެހި ލަވަ!

ދިވެހި މިޔުސިކް އިންޑަސްޓްރީއަށް އާ އިންގިލާބެއް ގެނެސްދިން "ސިމްބޮލިކް ރިކޯޑް" އަކީ މިހާރު ދިވެހިންނަށް އާ ނަމަކަށް ނުވާނެއެވެ. ދިވެހި ހިޕްހޮޕް ނުވަތަ ރެޕްގެ ދުނިޔޭގައި މޮޅު އަދި ހިތްގައިމު ލަވަތަކެއް ގެނެސްދީފައިވާ، ސިމްބޮލިކް އިން މިވަނީ ދިވެހި މިޔުޒިކްގެ ތާރީހުގައި އާ ރިކޯޑެއްވެސް މުގުރާލާފައެވެ.

ސިމްބޮލިކްގެ ޒުވާން ދެ ރެޕް އާޓިސްޓުންކަމުގައިވާ ނަބީލް(ޓޯއީ) އަދި ޒިޔާ ކިޔާފައިވާ "ވާނަން އުމުރަށް" މިވަނީ، މިލިއަނަކަށް ވުރެ ގިނަ ފަހަރު ސައުންޑްކްލައުޑްގައި ޕްލޭކޮށް، މިހާތަނަށް އެންމެ ގިނަ ވިއުސް ލިބުނު ދިވެހިލަވައިގެ ޝަރަފު މިވަނީ މި ލަވަ ހޯދާފައެވެ.

ހަމައެއާއެކު، ސައުންޑްކްލައުޑްގައި އެންމެ ގިނައިން ހިޓް ލިބިފައިވާ ދިވެހި ލަވައިގެ ރެކޯޑް ލޭބަލްގެ ޝަރަފުވެސް މި ލަވަ މިވަނީ ހޯދާފައެވެ. އެ ލޭބަލަށް 10 މިލިއަން ވުރެ ގިނަ ހިޓްސް މިހާރު ވަނީ ލިބިފަ އެވެ.

ސިމްބޮލިކް ގެ ޓީމުން މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ފޭސްބުކް އަދި ޓްވީޓާގައި ކުރި ޕޯސްޓެއްގައި ވަނީ ފޭނުންނަށް ޝުކުރުވެސް އަދާކޮށްފައެވެ.

ދިވެހި ޕޮޕް އަދި ރެޕްގެ ދުނިޔޭގައި އެންމެ މަގުބޫލު އަދި ކުޅަދާނަ އާޓިސްޓުން ސިމްބޮލިކްގައި ހަރަކާތްތެރިވަމުންދާއިރު، މި ޓީމުން އަންނަނީ ކޮންމެ އަހަރަކުވެސް އެމީހުންގެ އާ އުފެއްދުންތަކެއް ދައްކާލަމުންނެވެ.

"ވާނަން އުމުރަށް" މި ލަވައަކީވެސް މިހާތަނަށް އެ ޓީމުން އުފެއްދި އެންމެ މޮޅު އަދި އެންމެ މަގުބޫލު އެ އުފެއްދުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ