ސިމާދު މަރުވީ ކަރަންޓް ދަންތުރައެއްގައި ޖެހިގެން – ފުލުހުން

ގއ. ވިލިނގިލީގައި ހަރުގެއެއް ތެރޭގައި މަރުވެފައި އޮތްވާ ފެނުނު ހުސެއިން ސިމާދު މަރުވެފައި ވަނީ ކަރަންޓު ދަންތުރައެއްގައި ޖެހިގެން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، ސިމާދު މަރުވީ ކަރަންޓު ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުންގެ ތަހުގީގުން އެނގޭކަމަށެވެ. އެހެންކަމުން، މީހެއްގެ ފުރާނައަށް ނުރައްކާވާފަދަ ނުވަތަ ގެއްލުމެއްވާފަދަ ކަމެއް، ތަނެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނުކުރުމަށްވެސް އިލްތިމާސް ކުރެއްވިއެވެ

ސިމާދު މަރުވެފައި ވަނީ ހަރުގެ އިން ވައްކަން ކުރާތީ ޖަހާފައިވާ ކަރަންޓް ދަންތުރައެއްގައި ޖެހިގެން ކަމަށް ކުރިންވެސް ބައެއް މީހުން ތުހުމަތު ކުރިއެވެ. ސިމާދު މަރުވެފައި އޮތްވާ ހަރުގެ ތެރެއިން ފެނުނި އިރު،
އަތާއި މެއި މަތި އަދި ކޮނޑު މަތީގައިވެސް ކަރަންޓް ޖެއްސުމުން ނުވަތަ އަލިފާން ޖެއްސުމުން ފިހިފައި ހުންނަ ކަހަލަ ޒަހަމްތަކެއްގެ ނިޝާންތައް ފެންނަން ހުއްޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ