ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ސ. ފޭދޫ މީހަކު ހޯދުމަށް ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުންގެ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހްގީގީ ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަމުންދަނީ ސ. ފޭދޫ، ހުދުއަސުރުމާގޭ، މުޙައްމަދު ލިއުޝާދު (33އ) އެވެ.
މުޙައްމަދު ލިއުޝާދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އާއި ގުޅުއްވައި ޙިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.
މިފަދަ ކަންކަމުގައި އާންމުގެ ފަރާތުން ލިބެމުންއަންނަ އެއްބާރުލުމަށް ފުލުހުންވަނީ ޝުކުރު ދަންނަވާފައެވެ.




