ބިދޭސީމީހާގަޔައް ފެންޖެހުން / ފޮޓޯ: ފޭސްބުކް

ފެންޖަހައި ތެންމާލި ބިދޭސީ މީހާ ހޯދުމަށް ފުލުހުން ޢާއްމުންގެ އެހީއަށް އެދިއްޖެ

ސައިކަލެއްގެ މަތީގައި ހުއްޓާ ފެންޖަހައި ތެންމާލި، ބީދޭސީ މީހާ ދެނެގަނެވިފައި ނުވާތީ ފުލުހުން ޢާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ދާދި ދެންމެ ވިދާޅުވީ، ސައިކަލެއްގެ މަތީގައި އިން މީހެއްގެ ގަޔަށް ފެންޖެހި މައްސަލައިގެ ތަޙްޤީޤުގެ ބޭނުމަށް އަނިޔާ ލިބުނު ފަރާތް ދެނެގަތުމުގެ މަސައަކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

"ވީމާ އެމީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.

މީސްމީޑީއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ، ރޭގަނޑުގެ ވަގުތެއްގައި މަގެއްގެ މަތީގައި ބަހައްޓާފައިހުރި ސައިކަލެއްގައި އިށީންދެ އިން ބިދޭސީއެއްގެ ގަޔަށް ދިވެއްސަކު ފެން ބާލިދީއެއް އުކާލާ މަންޒަރެވެ. ވީޑިއޯއިން ފެންނަނީ ބިދޭސީ މީހާގަޔަށް ފެން ޖެހުމަށްފަހު އެމީހާ އަމިއްލަ ސައިކަލް ކަމަށް ބެލެވޭ އެ ސައިކަލް ފުލެހާ މަންޒަރެވެ. ފެން ޖެހި ދިވެއްސަކީ މެދުއުމުރުގެ ފިރިހެނެކެވެ.

"މި އަމަލާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ވީޑިއޯއިން ފެންނަ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން." ފުލުހުން މި މައްސަލައިގައި ކުރިން ވިދާޅުވެފައިވެއެވެ.

މި ނާތަހުޒީބު ޢަމަލު ހިންގި ދިވެހި މީހާއަށް ހައްޤު އަދަބު ދިނުމަށް ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ގޮވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ