ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ހަމީދު - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންވެއްޖެ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު، ހުކުމް ތަންފީޒުކޮށް ނިމި މިނިވަންވެއްޖެއެވެ.

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން ޢަލީ ހަމީދު، އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، 2018 މެއި 10 ވަނަ ދުވަހުއެވެ.

އަލީ ހަމީދު ތަންފީޒު ކުރައްވަމުން ގެންދެވި ހުކުމްގެ މުއްދަތު ހަމަވީ މިދިޔަ ސެޕްޓެންބަރު މަހުގައި ކަމަށް ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ނަމަވެސް، ހުކުމްގެ މުއްދަތު ހަމަވެ، އަލީ ހަމީދު މިނިވަންވި ސީދާ ދުވަހެއް ވިދާޅުވެއް ނުވެއެވެ.

މި ދައުވާ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލީ އެހެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެއެވެ. މި މައްސަލަ ސާބިތުކުރުމަށް ދެފަނޑިޔާރުންނާއި ދެކޮޅަށް ވަނީ ސިއްރު ދެ ހެއްކަކާއި ކޯޓު އަމުރުތަކެއް ހުށަހެޅިއެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށް އަލީ ހަމީދުގެ އިތުރުން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުވެސް ޖަލަށް ލާފައިވެއެވެ.

ޢަލީ ހަމީދު އާއި ޢަބްދުﷲ ސަޢީދު ފިޔަވާ އޭރު ހައްޔަރުކުރި ގިނަ މީހުން މި ސަރުކާރު އައުމާއެކު ވަނީ މިނިވަން ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ