އަހަންނަށް ގާޑިއޯލާ ކަމުދަނީ ކޯޗެއްގެ ޙައިސިއްޔަތުން އެކަނި: އެޓޫ

ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗު ގާޑިއޯލާ ކަމުދަނީ ހަމައެކަނި ކޯޗެއްގެ ޙައިސިއްޔަތުންކަމަށާއި، އޭގެ ބޭރުން އެއްގޮތަކަށްވެސް އޭނާ ކަމުނުދާކަމަށް ކުރިން ބާސެލޯނާއަށް ކުޅުނު ސަމުއެލް އެޓޫ ބުނެފިއެވެ.

އިންޓަރ މިލާންއަށް ބަދަލުވުމުގެ ކުރިން އެޓޫވަނީ ގާޑިއޯލާއާގެ އިރުޝާދުގެ ދަށުން ބާސެލޯނާއަށް ކުޅެފައެވެ.

"ފަރުދެއްގެ ޙައިސިއްޔަތަކުން ނޫން އެކަމު ކޯޗެއްގެ ހައިސިއްޔަތުން ގާޑިއޯލާދެކެ ލޯބިވަން." އެޓޫ ބުންޏެވެ.

މީގެއިތުރުން އެޓޫ ބުނީ، އޭނާއަށް ފުޓްބޯޅަ ކުޅެން ދަސްކޮށްދިނީ ގާޑިއޯލާކަމަށާއި، އެހެން ހުރިހާ ކޯޗުންނަށްވުރެ ރަނަގަޅަށް ގާޑިއޯލާ އެއްޗެހި ކިޔައިދޭކަމަށެވެ. އަދި ގާޑިއޯލާއަށްވެސް ބައެއް މެޗު ގެއްލޭނެކަމަށާއި، އެހެންނަމަވެސް އޭނާއަކީ އެންމެ މޮޅު ކޯޗުކަމަށްވެސް އެޓޫވަނީ ބުނެފައެވެ.

ގާޑިއޯލާގެ އިތުރުން މޮރީނިއޯގެ އިރުޝާދުގެ ދަށުންވެސް މަސައްކަތްކުރި އެޓޫ ބުނީ، މޮރީނިއޯއާއެކު ހުރިހާ އެއްޗެއް ކާމިޔާބުކުރެވުނުކަމަށެވެ.

އަދި ޙަޔާތުގައި އެކުގައި މަސައްކަތްކުރި ހުރިހާ ކޯޗުންގެ ތެރެއިންވެސް އެންމެ ބޭނުންކަމަށް އެޓޫ ޚިޔާރުކުރީ ލުއިސް އަރަގޯންސްއެވެ. އެޓޫ ބުނީ އޭނާގެ މުޅި ޙަޔާތް ބަދަލުކޮށްލީ މަލޯކާގައި އުޅުނުއިރު އެކްލަބަށް އިރުޝާދުދިން އަރަގޯންސްކަމަށެވެ. އޭނާގެ ހުނަރުފެނި ބޮޑު ކްލަބަކަސް ބަދަލުވުމަށް ހިތްވަރުދީ ފުރުޞަތު ހޯދައިދިނީވެސް އަރަގޯންސްކަމަށް އެޓޫވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ