ދިވެހި ފިލްމް އިންޑްސްޓްރީގައި މިވަގުތު އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުނި ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އާ ފިލްމު "ނޮވެންބަރު" ގެ މެއިން ސްޕޮންސަރަކަށް "ކޭޕާކް ރެސިޑެންސް" ހަމަޖައްސައިފިއެވެ.
Dark Rain Entertainment offers profound & heartfelt thanks to Hassan Mamdhooh, Director of Kpark for his continued...
Posted by Dark Rain Entertainment on Tuesday, October 8, 2019
އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު ސްކްރީންޕްލޭ ހަދާފައިވާ މި ފިލްމަކީ ލޯބީގެ ވާހަކައެއްކަމަށް ފިލްމްގެ ޕްރޮޑިއުސަރު މޮގާ ބުނެފައިވެއެވެ. މި ފިލްމް ޑައިރެކްޓްކުރަނީ، ޑާކް ރެއިންގެ ކާމިޔާބު ގިނަ ފިލްމްތަކެއް ޑައިރެކްޓްކޮށްދީފައިވާ އަދި ގައުމީ އެވޯޑު ހާސިލްކޮށްފައިވާ އަލީ ޝިފާއު(ޗިއްޕެ) އެވެ.
ފިލްމްގެ ލީޑުން ޑާކް ރެއިންގެ އެންމެ މަޤުބޫލު ދެ ޖޯޑުކަމުގައިވާ ޖުމައްޔިލު ނިމާލު، އަދި މަޖުދާ ފެނިގެންދާއިރު، ފިލްމްގެ އިތުރު މުހިއްމު ތަރިންގެ ތެރޭގައި، ޑާކް ރެއިންގެ އެންމެ ފަހުގެ ފިލްމް “މާމުއި” އިން މިދާއިރާއަށް ތައާރަފްވި އައިޝަތު ޔާދާ އަދި ކުރީގެ މަޤުބޫލު އެކްޓަރު އިސްމާއިލް ވަޖީހުވެސް ފެނިގެންދާނެއެވެ.

ފިލްމްގެ ސިނޮމޮޓޮގްރަފީގެ މަސައްކަތްކުރަނީ ޗިއްޕެ އަދި އަހްމަދު ޝިނާންއެވެ. އަދި “ނޮވެމްބަރު”ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.
“ނޮވެމްބަރު”ގެ މަންޒަރުތައް މިހާރު މާލޭގައި ނަގަންފަށާފައިވާއިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ފިލްމްގެ މަންޒަރުތައް ނެގުމަށްވަނީ ހަމަޖެހިފައެވެ. އަދި ފިލްމުގެ މުހިންމު މަންޒަރުތައް ނަގާނީ ސިންގަޕޫރުގައި ކަމަށް މޮގާ ބުނެއެވެ.
މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، މި އަންނަ އަހަރުގެ ތެރޭގައެވެ.



