"އެހެނަސް" ސީޒަން ދެއެއްގެ ޝޫޓިން ފަށައިފި

ބައިސްކޯފުން ގެނެސްދެމުން އަންނަ ރަވީ ފާރޫޤްގެ ކާމިޔާބު ވެބް ސީރީޒް "އެހެނަސް"ގެ ފުރަތަމަ ސީޒަން ދާދިފަހަކުން ނިއްމާލާފައިވާއިރު، ސީޒަން ދެއެއްގެ ޝޫޓިން ސީރީޒްގެ ތަރިންނާއެކު ފަށާފިއެވެ.

ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ “އެހެނަސް ހަމަ ލޯބިވެޔޭ” ގެ މައްޗަށް އުފެއްދި މި ވެބް ސީރީޒްއަކީ، މުޖުތަމައުގައި ހިނގާ ނޭދެވޭ މައްސަލަތަކެއް ދައްކުވައިދޭ ސީރީޒްއެކެވެ. މި ސިރީޒް އިގްބާލްގެ ވާހަކައަށް ބިނާކޮށް ގެނެސްދީފައިވީނަމަވެސް، ސީރީޒްގައި އިތުރު ޓްވިސްޓްތައްވެސް ދައްކުވާދީފައިވެއެވެ. އެގޮތުން ވާހަކައިން ނުފެންނަ އާ ކެރެކްޓާއެއް ސީރީޒް އިން ފެނިގެންދިޔައެވެ.

"އެހެނަސް" ގެ ފުރަތަމަ ސީޒަންގެ ކާމިޔާބީއަށް ފަހު ދެވަނަ ސީޒަން ގެނެސްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މި ސީރީޒްވަނީ ބެލުންތެރިންނަސް ވަރަށް ކަމުގޮސްފައެވެ.

އެހެނަސް ޝޫޓިން މިދިޔަ ހޯމަ ދުވަހު ފަށާފައިވާއިރު، ޝޫޓިންގެ މަންޒަރުތަކެއް ވަނީ، ރިޝްމީގެ އިންސްޓަގްރަމް އެކައުންޓްގެ ސްޓޯރީގައިވެސް ހިއްސާކޮށްފައެވެ.

އެހެނަސްގެ ފުރަތަމަ ސީޒަންގައި ޖުމްލަ 10 އެޕިސޯޑް ގެނެސްދީފައިވާއިރު، ދެވަނަ ސީޒަންގައި 12 އެޕިސޯޑު ގެނެސްދޭނެކަމަށް އެހެނަސްގެ ޑައިރެކްޓަރ ރަވީ ފާރޫގް ބުންޏެވެ. ނަމަވެސް ދެވަނަ ސީޒަންއިން އެހެނަސް ސީރީޒް ނިމިގެންދާނެއެވެ.

ރަވީ ބުނެފައިވަނީ، ދެވަނަ ސީޒަންގައިވެސް ގެނެސްދޭނީ ފުރަތަމަ ސީޒަންގައި ގެނެސްދިން ވާހަކައާއި ގުޅުވައިގެންކަމަށެވެ. އަދި ފުރަތަމަ ސީޒަންއިން ބެލުންތެރިންނަގެހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު، ދެވަނަ ސީޒަންއިން ލިބިގެންދާނެކަމަށެވެ.

މި ސީރީޒް ގައި 99 ޕަސެންޓް އާ ފަންނާނުން ފެނިގެންދާއިރު، “އެހެނަސް” ގެ ލީޑް ކެރެކްޓަރ “ނިޔާޒް” ގެ ރޯލުން ފެނިގެން ދަނީ މުހައްމަދު ވިޝާލް އެވެ. އަދި ލީޑު ބަތަލާގެ ރޯލުން ޝަރާޝަމާނާ، މަސީހް، ޝާރިފް، ޝިލްނާ ނަދީހް، މަރިޔަމް ވަހީދާ، ޔާމިން އަދި އުސާމް ފެނިގެންދެ އެވެ. މީގެ އިތުރުން މިވަގުތު ދާއިރާގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން ޝީލާ ނަޖީބް، މުހައްމަދު މަނިކް އަދި އަހްމަދު ޔުނާން މި ސީރީޒްއިން ފެނިގެންދެއެވެ.

“އެހެނަސް” އަކީ، ކުޑައިރުއްސުރެ ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަދި ގަނާ ކުރުމާ ކުރިމަތިވާ، ތަބީޢަތުގައި ރަނޑު ގޮތެއް ހުންނަ ފިރިހެންކުއްޖެއްގެ ހަޔާތުގައި ދިމާވާ ތަފާތު ހާދިސާތަކެއް ކިޔައިދޭ ސީރީޒްއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ