ފިލްމް ޑަންގަލްއިން ބޮލީވުޑަށް ތައާރަފްވި ޒުވާން ބަތަލާ "ޒާއިރާ ވަސީމް" ފިލްމް ކުޅުން ހުއްޓާލާ ބޮލީވުޑްއިން އެއްކޮށް ވަކިވެފައިވާކަމަށް އޭނާ ވަނީ މީގެކުޑަދުވަސްކޮޅެއްކުރިން އިއުލާންކޮށްފައެވެ. ޒާއިރާ މި ނިއްމުން ނިއްމާފައިވަނީ، ދުނިޔަވީ އުފާތަކުގެ ތެރެއަށް ގެއްލި އިސްލާމް ދީނާއި ދުރަށް ދެވޭ ކަމުގެ ބިރުއޮތުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޒާއިރާގެ މި ނިއްމުމާއި ގުޅިގެން އެކިފަރާތްތަކުގެ ނޭދެވޭ ފާޑުކިޔުން އަމާޒުވަމުންދާއިރު، އޭނަ އެންމެ ފަހުން ފެނިގެންދާނެ ފިލްމް، "ދަ ސްކައި އިޒް ޕިންކް" ގައި އޭނައާއެކު ލީޑުން ފެނިގެންދާ ބަތަލާ ޕްރިޔަންކާ ބުނީ، ޒާއިރާގެ އެ ނިއްމުމަށް އޭނަ އިހްތިރާމްކުރާކަމަށާއި، އެއީ އެއްވެސް މީހަކާއި ބެހޭކަމެއްނޫންކަމަށެވެ.
އަދި ޒާއިރާއަކީ ވަރަށް ރަނގަޅު ކުއްޖެއްކަމަށާއި، ފިލްމީ ދާއިރާއިން އޭނަގެ ދަތުރު ނިމުނީކަމަށްވެދާނެކަމަށާއި، ނަމަވެސް އެއީ އެހެންމީހުންނާއި ބެހޭކަމެއް ނޫންކަމަށެވެ.
5 years ago I made a decision that changed my life and today I’m making another one that’ll change my life again and this time for the better Insha’Allah! 🙂 https://t.co/ejgKdViGmD
— Zaira Wasim (@ZairaWasimmm) June 30, 2019
"ދަ ސްކައި އިޒް ޕިންކް" އަކީ، ޒާއިރާ ބޮލީވުޑްއާއި ދުރަށްދާން ނިއްމުމުގެކުރިން، އޭނާ ޝޫޓުކޮށްފައިވާ ފިލްމެކެވެ. އެ ފިލްމްގައި އޭނާ ފެނިގެންދާނީ، ޕްރިޔަންކާ ޗޯޕްރާގެ ދަރިއެއްގެ ރޯލުންނެވެ.
ޝޮނާލީ ބޯސް ޑައިރެކްޓްކޮށްފައިވާ “ދަ ސްކަ އިޒް ޕިންކް” 2015 ގައި މަރުވި އިންޑިއާގެ ކުރީގެ ލިޔުންތެރިޔާ އަދި މޯޓިވޭޝަނަލް ސްޕީކާ އައިޝާގެ ޗައުދަރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އަދި އައިޝާގެ ރޯލު މީގައި އާދާކުރަނީ، ޒާއިރާއެވެ.
ޒާއިރާ މިއަހަރުގެ ޖުލައި މަހު ކުރި ޕޯސްޓެއްގައި ފިލްމީ ދާއިރާއާ ދޫކޮށްލާކަން އިއުލާންކޮށްފައިވާއިރު، އޭޏާ ބުނީ އެއީ އޭނާއަށް އެންމެ އެކަށީގެންވާ ދާއިރާ ނޫން ކަމަށެވެ. އަދި ފިލްމީ ދުނިޔެ އާއި އިސްލާމް ދީނާއި ފުށޫއެރާ ކަންތައްތަކެއް ހުރި ކަމަށާއި އެހެންކަމުން އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ކުރަނީ އެންމެ އުފަލުންނޫންކަމަށެވެ. ޒާއިރާގެ މި ނިއްމުމަށް ދުނިޔޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ "ޒާކިރު ނައިކް" ވެސް ވަނީ މަރުހަބާ ކިޔާފައެވެ.
ޒާއިރާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ، އާމިރު ޙާން އާއެކު ފެނިގެންދިޔަ ފިލްމް "ސީކްރެޓް ސުޕަރ ސްޓާ" އެވެ.




