ބާސެލޯނާއާއި ނުގުޅިއްޖެނަމަ ނޭމާ ރެއަލްމެޑްރިޑާއި ގުޅޭނެކަމަށް ހީކުރިން: މެސީ

ބާސެލޯނާއަށް ނޭމާއަށް އެނބުރި ނާދެވިއްޖެނަމަ، ވާދަވެރި ރެއަލްމެޑްރިޑާއި ނޭމާ ގުޅޭނެކަމަށް ހީކުރިކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ބްރެޒިލްގެ ތަރި ނޭމާ ޕީއެސްޖީ ދޫކޮށް އެނބުރި ބާސެލޯނާއަށް ބަދަލުވާން ބޭނުންވާކަން ހާމަކުރި ހިސާބުން ފެށިގެންވެސް އޭނާ ހޯދުމަށް ކެނޑިނޭޅި ބާސެލޯނާއިންއައީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ބާސެލޯނާގެ ހުރިހާ ހުށަހެޅުމަކަށްވެސް ޕީއެސްޖީންވަނީ ނޫނެކޭ ބުނެފައެވެ.

"ބާސެލޯނާއަށް ނޭމާއަށް އެނުބުރި ނާދެވިއްޖެނަމަ ނޭމާ ރެއަލްމެޑްރިޑާއި ގުޅޭނެކަމަށް ހީކުރިން." އިންޓަރވިއުއެއްގައި މެސީ ބުންޏެވެ.

މީގެއިތުރުން މެސީ ބުނީ، ނޭމާ ހުރީ ޕީއެސްޖީ ދޫކޮށްލަން ކެތްމަދުވެފައިކަމަށާއި، އެހެންކަމުން އޭނާ ހޯދުމަށް ރެއަލްމެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކޮންމެވެސް މަސައްކަތެއް ކުރާނެކަމަށްވެސް ހީކުރިކަމަށެވެ.

މީގެ އިތުރުން ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗުގައި ޑެމްބެލޭއަށް ދެއްކި ރަތްކާޑާއި ބެހޭގޮތުންވެސް މެސީ ވަނީ މިއިންޓަރވިއުގައި ވާހަކަ ދައްކާފައެވެ.

އެގޮތުން މެސީ ބުނީ ޑެމްބެލޭ އެބުނި އެއްޗެއް މަޓެއު ލަހޯޒްއަށް ސާފުކޮށް އިވުނުކަމަށް އޭނާ ބުނާތީ އެކަމާއި ޙައިރާންވާކަމަށާއި، އެއީ ޑެމްބެލޭއަކީ ސްޕެއިން ބަހުން ވާހަކަ ދައްކަން އެހާ ފަރިތަ މީހަކަށް ނުވާތީއެވެ.

ސެވިއްޔާ އަތުން މޮޅުވެ، މިހާތަނަށް ކުޅުނު 8 މެޗުން ލިބުނު ޖުމްލަ 16 ޕޮއިންޓާއެކު ބާސެލޯނާ ތާވަލްގެ ދެވަނައަށް ޖެހިލާފައިވާއިރު، 18 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތީ ވާދަވެރި ރެއަލްމެޑްރިޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ