"އަ ކުއައިޓް ޕްލޭސް"ގެ ދެވަނަ ބައެއް ނެރެނީ

2018 ވަނަ އަހަރު ޖޯން ކްރަސިންސްކީގެ ޑައިރެކްޝަންގެ ދަށުން ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ކާމިޔާބު ބިރުވެރި ފިލްމް "އަ ކުއައިޓް ޕްލޭސް" އަކީ އެ އަހަރު އެންމެ ގިނަ ބަޔަކު އެ ފިލްމަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ސައިސް ފިކްޝަން ބިރުވެރި ފިލްމެވެ.

"އަ ކުއައިޓް ޕްލޭސް"ގެ މިކާމިޔާބީއަށްފަހު ޖޯން ކްރަސިންސްކީ ވަނީ އަނެއްކާވެސް މި ފިލްމްގެ ދެވަނަ ބައެއް ނެރުމުގެ މަސައްކަތް ފަށާފައެވެ.

މި ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން މި ފިލްމުގެ ލީޑް އެކްޓަރެއްގެ ރޯލު ޖޯން ކްރަސިންސްކީ އަދާކޮށްފައިވާއިރު، ފިލްމުގައި ދެން ފިނިގެންދަނީ އޭނަގެ އަންހެނުން އެމިލީ ބްލަންޓެވެ. މި ފިލްމުގައި ވެސް ދެމީހުން އަދާކޮށްފައިވަނީ ދެމަފިރިންގެ ރޯލެވެ.

ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، އިންސާނުން ނޫން، އާދަޔާ ހިލާފު ލޮލަށް ނުފެއްނަ ނަމަވެސް އަޑުއިވުމުގެ ބާރު އާދަޔާ ހިލާފަށް ގަދަ އެއްޗެހިތަކެއް ދުނިޔެއަށް ވެރިވެގަނެގެން، އިންސާނުންގެ އަދި ޖަނަވާރުން އާބާދީގެ ބޮޑު ބައެއް ނައްތާލައިފައިވާ މި ދުނިޔޭގައި އާއިލާއަކު ދިރިހުރުމަށް ކުރާ މަސައްކަތެވެ. ކިތަންމެ ކުޑަ އަޑެއް އިވުނުކަމުގައިވިޔަސް އޭއްޗެހި އައިސް ހަމަލާދެއެވެ.

މި ފިލްމް ތަފާތުވާ އެންމެ ބޮޑު އެއްސަބަބަކީ، ފިލްމް ފެށިގެން ނިމޭއިރު، ފިލްމްގެ އެއްވެސް ކެރެކްޓަރއެއްގެ ދެމެދުގައި އަނގަބަހުން އެއްވެސް ވާހަކައެއް ނުދައްކާކަމަމެވެ. މި ފިލްމްގައި މި އާއިލާ މުއާމަލާތް ކުރަނީ އިޝާރާތުންނެވެ.

ފިލްމް ފެށިގެންދާ މަންޒަރުކަމަށްވާ، ބްރިޖެއް ހުރަސްކުރިނިކޮށް، "އެވްލީން"( އެމިލީ ބްލަންޓެ) އަދި ފިރިމީހާ "ލީ" (ޖޯން ކޮރސިންސް)، އެ ދެމަފިރިންގެ 3 ކުދިންގެ ތެރެއިން އެންމެ ހަގު ފިރިހެން ދަރިފުޅު ގެންގުޅޭ ކުޅޭ އެއްޗެއްގެ ސްވިޗް އޮން ކުރުމާއެކު އޭގެން ގޮވާ އަޑުގެ ސަބަބުން މި ގޮތް ނޭނގޭ އެތި އައިސް ދަރިފުޅު ޖަހައިގަނެގެން ގެންދާ މަންޒަރަކީ، ނޭވާ ހިފަހައްޓާލަން މަޖުބޫރުވާނެ މަންޒަރެކެވެ.

ފިލްމް ނިމިގެންދަނީ، މި ގޮތް ނޭނގޭ އެތީގެ ބަލިފައި އަދި އޭތި މަރާލާނެ ގޮތް ދެނެގަނެވޭ ހިސާބުންނެވެ.

"އަ ކުއައިޓް ޕްލޭސް" ގެ ދެވަނަ ބައެއް 2020 ވަނަ އަހަރުގައި ބެލުންތެރިންނާ ހިސާބަށް ގެންނަން ހަމަޖެހިފައިވާއިރު، "އަ ކުއައިޓް ޕްލޭސް" އަދި ނުބަލާ ކަމުގައި ވަނީނަމަ އަވަހަށް ބަލާލާށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ