ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކުޑައިރު އެޙީތެރިކަން ފޯރުކޮށްދިން އަންހެނުންތަކެއް ހޯދުމުގެ މަސައްކަތް ފަށާފައިވަނިކޮށް އެތަނުން އެއް އަންހެނަކު ފެނިއްޖެއެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި، ރޮނާލްޑޯ ބުނީ ހޯދުމުގެ މަސައްކަތް ފަށާފައިވާ މިއަންހެނުންނަކީ މެކްޑޮނަލްޑްސްގައި މަސައްކަތްކުރި އަންހެނުންތަކެއްކަމަށާއި އޭނާ ކުޑައިރު ބަނޑުހައިވުމުން ކާ އެއްޗެހި ހޯދަން މިމީހުން ގާތަށްދާކަމަށެވެ.
ރޮނާލްޑޯ ބުނިގޮތުގައި އުމުރުން 11 ނުވަތަ 12 އަހަރުގައި ލިސްބޮންގައި އޭނާވެސް ހޭދަކޮށްފައިވަނީ އެހެން ޒުވާން ކުޅުންތެރިންނާއިވެސް އެކުގައިކަމަށާއި، އެމީހުންގެ ސްޓޭޑިއަމް މެކްޑޮނަލްޑް ފިހާރައަކާއި ޖެހިގެން ހުންނައިރު، ރޭގަނޑު ބަނޑުހައިވުމުން އެތަނަށް ގޮސް ބާކީ ހުންނަ ބާގާ ކަހަލަ ކާއެއްޗެއްސަށް އެދޭކަމަށެވެ.
“އެޑްނާ އާއި އެހެން ދެ ކުއްޖަކު އޭރު އެތާ އުޅުނު. އެމީހުންނަކީ ހިތްހެޔޮ ރަނގަޅުބައެއް. އަހަރެން އެމީހުން ހޯދަށް ކުރިންވެސް މަސައްކަތްކުރިން. އެކަމު އަދިވެސްވަނީ ފެންނަ ގޮތް ނުވެފައި.” ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯގެ މިއިންޓަވިއުއާއި ގުޅިގެން ޕައުލާ ލެކާ ކިޔާ އަންހެނަކުވަނީ އޭނާއަކީ ރޮނާލްޑޯއަށް މެކްޑޮނަލްޑްއިން ކާންދިން އަންހެނުންގެ ތެރެއިން އަންހެނެއްކަމަށްބުނެ، ޕޯޗުގަލްގެ ޓީވީ ސްޓޭޝަނަކަށް އިންޓަރވިއުއެއްދީފައެވެ.
އޭނާގެ މިއިންޓަރވިއުގައި ބުނީ، ހަފްތާފެ ކޮންމެ ރެޔަކުހެން އެމީހުން ބާކީ ހުންނަ ބާގާ ހޯދަން އަންނަކަމަށާއި، އަދި ބޮޑުމީހާގެ ހުއްދައާއެކު ބާކީ ހުންނަ ބާގާ ރޮނާލްޑޯމެންނަށް ދޭ ކަމަށެވެ.
"އަހަންނަށް އަދިވެސް ހެވޭ. އަދި އެވާހަކަތައް ފިރިހެން ދަރިފުޅަށް ކިޔައިދިނީމަ އޭނައަށް އެކަން ޤަބޫލުވެސް ނުކުރެވޭ. އެހެންނުވާނީ އޭނާއަށް އޭނާގެ މަންމަ ރޮނާލްޑޯއަށް ބާގާ ދޭ މަންޒަރު ޚިޔާލަށްވެސް ނުގެވޭނެ." ލެކާ ބުންޏެވެ.
މީގެއިތުރުން ލެކާ ބުނީ، އެކަން އޭނާގެ ފިރިމީހާއަށްވެސް އެނގޭނެކަމަށާއި، އެދުވަސްވަރު ޑިއުޓީ ނިމޭ ގަޑިއަށް ފިރިމީހާ އޭނާ ބަލާދާއިރު، ރޮނާލްޑޯމެން އެތާ ހުންނަތަން ފިރިމީހާއަށްވެސް ފެންނާނެކަމަށެވެ.




ހިޔާލު
Heading rangalhah liyan dhaskohba