ބިންމާވިލާ އިސްމާޢީލް ވަހީދު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ހޯދަމުންދަނީ، އުމުރުން 49 އަހަރުގެ، ކ.މާލެ، މއ.ބިންމާވިލާ، އިސްމާޢީލް ވަޙީދު ކަމަށެވެ.
"އިސްމާޢީލް ވަޙީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ، ހާޟީރުވެފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2019 އޮކްޓޯބަރ 14 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން." ފުލުހުން ވިދާޅުވިއެވެ.
އިސްމާޢީލް ވަޙީދު އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމެންޓް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިލައްވައެވެ.




