ވަޅިން ބިރު ދައްކައި މާލޭ ފިހާރައަކުން ފައިސާތަކެއް ފޭރިގެންފިއެވެ.
މާލޭގައި ހުންނަ މުއިވިލު ސްޓޯރ ނަމަކަށް ކިޔާ ފިހާރައަކުން ވަޅިން ބިރުދައްކައިގެން ފައިސާތަކެއް ފޭރިގަތް މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންދާއިރު، އެވީިޑިއޯއިން ފެންނަނީ ފިރިހެނަކު ކައުންޓަރުގައި އިން މީހާއަށް ވަޅިން ބިރު ދައްކައިގެން ފައިސާ ޖީބަށް ލާ މަންޒަރެވެ.
Muivilu store ah miadhu valhi hifain vadhe faisaa thakeh dhe meehaku feyrunu video aanmu vehjehttps://t.co/eJ7vPavsrx pic.twitter.com/vF3q10ooPX
— #MvCrisis ?? (@MvCrisis) October 11, 2019
ފުލުހުން ވިދާޅުވީ، މާފަންނުގައި ހުންނަ ފިހާރައަކަށް ދެ މީހަކު ވަދެ ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު ވަތްގަނޑުގައި ހުރި ފައިސާ އާއި ސިގިރޭޓް ފޮށިތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް މިއަދު 15:04 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
މިމައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




