ސެކިއުރިޓީ ގާޑެއް އަތުން ފޯނެއް ފޭރިގަތް މީހަކު ޙައްޔަރުކޮށްފި

ސެކިއުރިޓީ ގާޑެއް އަތުން ފޯނެއް ފޭރިގަތް މީހަކު ޙައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ފަރީދީ މަގުގައި ހުރި ފިހާރައެއްގެ ސެކިއުރިޓީ ގާޑަކަށް ހުރި ބިދޭސީ އެއްގެ އަތުން ފޯނެއް ފޭރިގަތް 23 އަހަރުގެ ފިރިހެނަކު ފުލުހުން ހުއްޓުވާފައިވާކަމަށެވެ.

މިމިހާ ދުއްވައިގަތްތައް ފެނިގެން އެވަގުތު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ފެނިގެން ގޮސް ފުލުހުން މިމީހާ ހުއްޓުވާފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު، ފޭރިގަތް ފޯނު ފެނިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

އަދި މިފޯނުގެ ވެރިފަރާތާއި ފޯން ޙަވާލުކުރެވިފައިވާއިރު، ފޭރިގަތް މީހާ ހައްޔަރުކޮށް މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ