މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤުކުރަމުންދަނިކޮށް، އެ ޖަމްއިއްޔާގެ އެއް ފައުންޑަރ ޝަހިންދާ އިސްމާޢީލް ރާއްޖެ ދޫކޮށް ގޮސްފައިވާކަމުގެ އަޑުތައް ފެތުރެންފަށައިފިއެވެ.
ޝަހިންދާ ރާއްޖެ ދޫކޮށް ގޮސްފައިވާކަމުގެ އަޑުތައް ގަދަވެފައި މިވަނީ، ރަސޫލާއަށް ހަޖޫޖަހައި، އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު މައްސަލައައިގައި އެމްޑީއެން ވަގުތީގޮތުން ސަސްޕެންޓްކޮށް، އެ މައްސަލަ ފުލުހުން ބަލަމުންދަނިކޮށެވެ.
މީސްމީޑީއާގައި ފެތުރެމުންދާ ވާހަކަތަކަށް ބަލާއިރު ޝަހިންދާ ފިލައިގެން ގޮސްފައިވަނީ، ޖަރުމަނަށެވެ. އަދި ބޭރުގެ ހިމާޔަތް ހޯދުމަށް ޝަހިންދާ މަސައްކަތް ކުރަމުންދާ ކަމަށްވެސް މީސްމީޑިއާގައި ދަނީ ވާހަކަތައް ފެތުރެމުންނެވެ.
ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ޝަހިންދާ ފުރައިގެން ގޮސްފައިވާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވޭތޯ މިނޫހުން މޯލްޑިވްސް ސަރވިސް ގައި އެކަން ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް ސުވާލުކުރުމުންވެސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އެމްޑީއެންއިންނެރުނުއެރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ގިނަ ވާހަކަތަކެއް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.
"ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައިވާއިރު، އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން އިސްރާ އާއި މިއުރާޒުގެ ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައިވާއިރު، އިސްރާ އާއި މިއުރާޒުގެ ދަތުރުފުޅަކީ މުސްލިމުން ސުވާލުއުފައްދާ ކަންކަމެއް ނޫނެވެ.
ޝަހިންދާ ފިލައިގެން ގޮސްފައިވާކަމުގެ އަޑުތައް ފެތުރުނުއިރު، އެ މައްސަލައިގައި ފިޔަވަޅު އެޅުން ލަސްވަމުންދާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
2 Responses
ފޮނުވާލީ
Filuvaamaeh noothaah fileenaa.massala balamundhiyanama keehveh passport nuhifeeehettee.thee gaboolu kureveene kameh noon.