ސ. ފޭދޫ، މަޑިކެޑަގެ، އިބްރާހީމް ޤާސިމް - ފޮޓޯ: ޕޮލިސް

އިބްރާހީމް ޤާސިމް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ.ފޭދޫ، މަޑިކެޑަގެ، އިބްރާހީމް ޤާސިމް (34އ) ކަމަށެވެ.

އިބްރާހީމް ޤާސިމް ހޯދަމުންދަނީ ކޮން ބާވަތެއްގެ ކޮން މައްސަލައަކާ ގުޅިގެންކަން ފުލުހުން ކާމަކޮށްފައެއް ނުވެއެވެ.

އިބްރާހީމް ޤާސިމާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދިލައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ