މި މަހު 22 ގައި ސީޒަންގެ "އަނދިރިކަން" ވެރިވަނީ!

މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން އަދި މާސްކޭ ސްޓޫޑިއޯއިން ގެނެސްދޭ ފީޗާ ފިލްމް "އަނދިރިކަން" މި މަހު 22 ގައި ރިލީޒްކުރާނެއެވެ.

މި ފިލްމް ސީޒަން ޑައިރެކްޓްކޮށްފައިވާއިރު، މިއީ "ވަފާތެރި ކެހިވެރިޔާ"އަށްފަހު ސީޒަން ޑައިރެކްޓްކުރާ ދެވަނަ ފީޗާ ފިލްމެވެ. "އަނދިރިކަން"ގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އަހްމަދު ޒަރީރުއެވެ.

އާއިލީ ޑަރްމާއެއް ފެނިގެންދާނެ މިފިލްމަކީ، މުޖުތަމައުގައި ހިނގާ މައްސަލައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ފިލްމް ޑައިރެކްޓްކުރުމުގެ އިތުރުން، ފިލްމްގެ ލީޑު ބަތަލްގެ ރޯލުން ސީޒަން ފެނިގެންދާއިރު، ޝީލާ އަދި ރިޝްފާއަކީ ފިލްމްގެ ދެ ބަތަލާއިންނެވެ. މީގެ އިތުރުން، ޝަކީލާ(ޝަކިއްތަ)، ޒީނަތު އަދި ސައީދުވެސް މި ފިލްމްގެ މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.

"އަނދިރިކަން"ގެ ކުޑަ ޓްރެއިލާއެއްވެސް މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު، ޓްރެއިލާއިން ބިރުވެރި މަންޒަރުތަކެއްވެސް ފެނިގެންދެއެވެ. އަދި މި ފިލްމް ޕްރޮމޯޓްކުރަނީވެސް، "ދި އަންބޯން ޗައިލްޑް" މި ޓައިޓަލްގެ ދަށުންނެވެ.

https://www.facebook.com/AndhirikanTheMovie/videos/443148066546168/

ދިވެހި ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ޓީމެއް މި ފިލްމްގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވާއިރު، ސީޒަން ބުނީ މި ފިލްމަކީ ބެލުންތެރިން ޝައުގުވެރިކަމާއެކު ބަލާހިތްވާނެ ފިލްމަކަށް ވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ