ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް

އެޖެންޑާ 19 އިން ވުޖޫދުކުރާ ޤާނޫނުތަކަށް ސްޕްރީމް ކޯޓަށް ޗެެލެންޖް ނުކުރެވޭނެ - އެމްޑީޕީ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ޝިއާރު، "އެޖެންޑާ 19" ގެ ތެރެއިން ވިޖޫދަށް ގެންނަ ޤާނޫނުތަކަށް ސްޕްރީމް ކޯޓަށް ޗެެލެންޖް ނުކުރެވޭނެކަމަށް ސަރުކާރު ހިންގާ މައި ޕާޓީ (އެމްޑީޕީ) އިން ވިދާޅުވެއްޖެއެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިހެން ވިދާޅުވީ، އެމްޑީޕީގެ އިސް ވެރިން އިލެކްޝަންސް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އިލެކްޝަންސް ކޮމިޝަން ކުރިމަތީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އިއްޔެ އިއްވާފައިވާ ހުކުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށް ވިދާޅުވެ ވާހަކަ ދައްކަމުން އަސްލަމް ވަނީ ސްޕްރީމް ކޯޓުގެ ހުކުމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިންތިޚާބު ކައިރިވެފައި އޮއްވާ އިންތިޚާބުގެ ތާރީޚްތަކަށް ބަދަލު ގެންނަންޖެހޭގޮތަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމަކީ ކަނބޮޑުވާ އަދި ހައްލު ހޯދަންޖެހޭ މައްސަލައެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، މުޅި ޖުޑިޝަރީ އިސްލާޙް ކުުރުމަށް އެމްޑީޕީން ކުރާ މަސައްކަތުގައި މިކަންކަމަށް ރިއާޔަތްކޮށް ކަންކަން ކުރަން ބޭނުންވާ ކަމަށެވެ.

"އެޖެންޑާ 19 ގެ ތެރެއިން އުފެދިގެން އަންނަ ޤާނޫނުތަކަކީ ސްޕްރީމް ކޯޓަށް ޗެލެންޖް ނުކުރެވޭ ގޮތަށް އުފެދިގެން އަންނަ ޤާނޫނުތަކަކަށް ހަދަން ބޭނުންވާތީ އެވާހަކަވެސް ދަންނަވާލިން." އަސްލަމް ވިދާޅުވިއެވެ.

މިފަދަ ގޮތަކަށް އަސްލަމް ވާހަކަދެއްކެވިއިރު، "އެޖެންޑާ 19" އަށް ބައެއް އިލްމުވެރިންވެސް ފާޑުވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

  1. ލޯދުބެ

    މި ލިޔުމުގައި އިބާރާތް ކުރުމުގެ މައްސަލަތައް ވަރަށްގިނަ، އަލީ ވިޝާމް މިކަން ކަމަށް ޙާއްސަ ސަމާލުކަމެއް ދިނުން އެދެން

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް