ސްކޫލްތަކަށް ބޭނުންވާ ލެބް ކެމިކަލްސް އަދި އެޕަރޭޓަސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން އިޢުލާނުކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރެއްވި އިޢުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވަނީ ދެފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު 2 ވަނަ ފަހަރަށް މިތަކެތި ހޯދުމަށް އިޢުލާން ކުރާކަމަށެވެ.
މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެކަމުގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 އޮކްޓޯބަރު 15 ން 2019 އޮކްޓޯބަރު 21 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް އެ މިނިސްޓްރީގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ވަނީ ދަންނަވާފައެވެ. އަދި ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށް ކަމަށްވެސް އެއިޢުލާނުގައި ބުނެފައިވެއެވެ.
މި ޕްރޮޖެކްޓަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރު 30 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާ ޕްރޮކިއުމަންޓް ސެކްޝަންގައެވެ.
މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި -/10,000 ރުފިޔާ ހުށަހަޅަންޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.




